ރާއްޖެއިން ޕޮޒިޓިވްވި އެންމެ ދުވަސްވީ މީހާ ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވް ވި ސަރުދާރު ދޮންމަނިކު ރަނގަޅުވުމުން ގެއަށް ބަދަލު ކުރަނީ --- ފޮޓޯ : އޮއްވަޅު/ ފޭސްބުކް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި އެންމެ ދުވަސްވީ މީހާ ބަލިން ރަނގަޅުވެ ގެއަށް ދޫކޮށްލައިފި އެވެ.

ރާއްޖެއިން ކޮވިޑް-19 ޕޮޒިޓިވްވި އެންމެ ދުވަސްވީ މީހާއަކީ ކުރީގެ މަޝްހޫރު ކުރެހުންތެރިޔެއް ކަމަށްވާ ސަރުދާރު ދޮންމަނިކެވެ. އޭނާގެ އުމުރަކީ 92 އަހަރެވެ.

ރާއްޖޭގެ އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާގެ ޑިޒައިންތަކުގެ މަސައްކަތްކޮށްފައިވާ ސަރުދާރު ދޮންމަނިކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 29 ގައެވެ.

ވައިރަސް އަށް ޕޮޒިޓިވް ވުމާއެކު އޭނާއަށް ފަރުވާ ދެމުން ގެންގޮސްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އަދި ބަލި ރަނގަޅުވުމުން މިއަދު އޭނާ ވަނީ ދޫކޮށްލާފައެވެ. މިހާރު އޭނާ ވަނީ ގެއަށް ދޫކޮށްލާފައެވެ.

ސަރުދާރު ދޮންމަނިކު ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ އެހެން ކަމެއްގައި ޑޮކްޓަރަށް ދައްކަން ގޮސް އުޅުމުގެ ތެރޭގައެވެ.

ސަރުދާރު ބަލިން ރަނގަޅުވިއިރު އިއްޔެވެސް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 130 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި އަލަށް ރަނގަޅުވި މީހުންނާއެކު ރާއްޖޭގައި ވައިރަސްގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 414 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް އަށް މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް