ކޮޅިގަނޑުގައި ގުޅީފަޅުން ޕްލާސްޓިކް ޝީޓުތަކެއް ކަނޑަށް ދޫވެއްޖެ

ގުޅީފަޅާއި ވިލިމާލެ-- ފޮޓޯ/ އީޕީއޭ

މިއަދު އައި ބާރުގަދަ ކޮޅިގަނޑެއްގައި ގުޅީފަޅުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީޓުތަކެއް ކަނޑަށް ދޫވެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ ކަނޑަށް ދޫވެފައިވަނީ ދިގުމިނުގައި 20ފޫޓު ހުންނަ ޕްލާސްޓިކް ޝީޓުތަކެއް ކަމަށެވެ.

އެ ޝީޓުތައް މާލެއާއި ވިލިމާލެއާ ދޭތެރެއިން އިރުއުތުރަށް ވާ ގޮތަށް އޮޔާ ދާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ބޮޑު ސަރަހައްދަކަށް މިއަދު ޔެލޯ އެލާޓު ވެސް ވަނީ ނެރެފަ އެވެ. ތ. އަތޮޅުން ފެށިގެން ހއ. އާ ހަމައަށް ނެރުނު އެ އެލާޓުގެ މުއްދަތު ހަމަވާނީ މިރޭ 8:30 އަށެވެ.

comment ކޮމެންޓް