ފަސް އަހަރަށްފަހު ޝާހިދު ކަޕޫރު ކައްކައިފި

ޝާހިދު ކަޕޫރާއި އޭނާގެ އަނބިމީހާ މީރާ--

ބޮލީވުޑްގެ ފިލްމީތަރި ޝާހިދު ކަޕޫރު، ފަސް އަހަރަށްފަހު ފުރަތަމަ ފަހަރަށް ކައްކައިފިކަމަށް އޭނާގެ އަންހެނުން މީރާ ރާޖްޕުތު ބުނެފިއެވެ.

ބަތަލު ޝާހިދު ކެއްކި ޕާސްތާ ޑިޝްއެއްގެ ފޮޓޯއެއް އިންސްޓަގްރާމް ސޮޓޯރީއަށް ލުމަށްފަހު މީރާ ބުނީ ޝާހިދު ކާއެއްޗެއް ތައްޔާރުކުރީ ފަސް އަހަރަށްފަހު ކަމަށާއި އަދި އޭނާ ކެއްކި ޕާސްތާއަކީ މީރާއަށް ކެވުނު އެންމެ މީރު ޕާސްތާ ކަމަށެވެ.

ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ތެލެގޫ ފިލްމު "ޖާޒީ"ގެ ހިންދީ ރީމޭކްއެވެ. ޖާޒީގެ ޝޫޓިންތައް ކުރިއަށްދިޔަ ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ވަނީ އެ ފިލްމުގެ ޝޫޓިންގެ މަސައްކަތް މެދުކަނޑައިލައިފައެވެ.

ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މުރްނާލް ތާކޫރް އެވެ. ފިލްމު ޑައިރެކްޓްކުރާނީ އަސްލު ފިލްމުވެސް ޑައިރެކްޓްކުރި ގޯތަމް ތިންނަނޫރިއެވެ.

ޖާޒީ އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމު އެޅުވުމަށް ގަސްތުކޮށްފައިވަނީ އަންނަ އޯގަސްޓް މަހުގެ 28ގައެވެ.

comment ކޮމެންޓް