ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ހުށަހަޅުއްވައިފި

ހައުސިންގް މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ހުށަހެޅުއްވީ ބަލި ހާލަތު ހުރިގޮތުންނެވެ.

އާތިފާ ޝުކޫރުގެ އިސްތިއުގެ މައްސަލަ ރައީސް އޮފީހަކުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

އާތިފާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި ވަޒީރުކަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އެމްއާރްއެމްގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރު އާތިފާ އާލާސްކަންފުޅާ އުޅުއްވާތާ ހަތަރު ވަރަކަށް ދުވަސްވެފައިވާ ކަމަށެވެ.

އާތިފާ އިސްތިއުފާއަށް ހުށަހަޅުއްވާފައި މިވަނީ ހިޔާ މަޝްރޫގެ ފްލެޓުތަކުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހުގެ ނިޔަލަށް ފްލެޓްތައް އޭގެ ހައްގުވެރީންނަށް ހަވާލު ކުރެވޭނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައި ވަނިކޮށް، އެއީ އޮޅިގެން މިނިސްޓަރަށް ވިދާޅުވެވުނު އެއްޗެއް ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ބަޔާނެއް ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އާތިފާ މަގާމުން ވަކިކޮށްދޭން އެދި މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސްކަން ކުރައްވާ އިބްރާހިމް ރަމީޒާ ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ދަންނަވާފައެވެ.

comment ކޮމެންޓް