މާލީ ހާލަތު ދަށްވެ އެމްއެލްސީގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމަށް ނިންމައިފި

ވީއައިއޭގެ އާ ރަންވޭ އަށް ޓެސްޓް ފްލައިޓު ޖެއްސުން: އެމްއޭސީލްގެ މުވައްޒަފުންގެ މުސާރަ ރުފިޔާ އިން ދިނުމަށް ވަނީ ނިންމާފައި -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސްގެ ސަބަބުން މާލީ ހާލަތު ދައްވެ، އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ ދިވެހި ރުފިޔާ އިން ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓާނޭޝަލް އެއާޕޯޓު ހިންގާ، އެމްއޭސީއެލް އިން މީގެ ކުރިން ކޮންމެ މުވައްޒަފަކަށް ވެސް ޖުމްލަ މުސާރައިގެ 50 ޕަސަންޓް ދެމުން އައީ ޑޮލަރުންނެވެ.

މިމަހުން ފެށިގެން މުވައްޒަފުންނަށް މުސާރާ ދިނުމަށް ނިންމާފައި ވަނީ ދިވެހިން ރުފިޔާ އިން ކަން އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ވަނީ އަންގައިފަ އެވެ.

އެ ސާކިއުލާގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފަ އެވެ. ސާކިއުލާގައި ބުނެފައި ވަނީ ކޮވިޑް19ގެ ސަބަބުން ކުންފުންޏަށް ލިބެމުންދާ މާލީ ގެއްލުންތަކުން އަރައިގަތުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ކުންފުންޏަށް ދިމަވެފައިވާ މާލީ ދަތިކަމާއި، ބޭރު ފައިސާ ލިބުމުގެ ދަތިތަކެއް ހުރުމުން ކުންފުނީގެ ބޯޑުގެ ލަފާގެ މަތިން މިމަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހި ރުފިޔާ އިން ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

މާލީ ދަތިކަމާ ހުރެ ރުފިޔާ އިން މުސާރަ ދިނުމަށް އެމްއޭސީއެލް އިން ނިންމި އިރު، މިދިޔަ މަހު އެކުންފުނިން ވަނީ ބައެއް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އަތުވެދާނެކަމަށް ވެސް އަންގައިފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެބަދަލު ގެނެސްފައިވާ ކަމެއް ކަށަވަރެއް ނޫނެނެވެ.

އެމްއޭސީއެލް އިން މިދިޔަ މަހު މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، އެ ކުންފުނީގެ ބައެއް މުވައްޒަފުންްގެ މުސާރައާއި އިނާޔަތް ޖޫން މަހުން ފެށިގެން ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް މަޝްވަރާކުރަން އަންނަ ކަމަށެވެ.

https://sun.mv/137015

ކޮވިޑް19އިން ރައްކާތެރިވުމަށް އެޅިފިވަޅުތަކުގެ ތެރެއިން މިދިޔަ މާޗް މަހުން ފެށިގެން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، ބައެއް އެއާލައިންތަކުން ދަތުރުކުރުން ހުއްޓާލުމާ އެކު، އެމްއޭސީއެލްގެ އޮޕަރޭޝަންތައް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ބޮޑު ގެއްލުން ކުޑަކުރުމަށް، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އެއާއެކު ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރާ މިންވަރަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިިފައެވެ.

comment ކޮމެންޓް