މަންދު ކޮލެޖުގެ ލެކްޗަރާއަކު ކޮވިޑް ޖެހިގެން ނިޔާވެއްޖެ

މަންދު ކޮލެޖުގެ ލެކްޗަރާ ޑިނީ -- ފޮޓޯ: މަންދު ކޮލެޖު

މަންދު ކޮލެޖުގެ ލެކްޗަރާއަަކަށް ކޮވިޑް-19 ޖެހިގެން ނިޔާވެއްޖެއެވެ.

މަންދު ކޮލެޖުން ބުނީ ނިޔާވީ އެ ކޮލެޖްގެ ކޮލެޖުގައި ބިޒްނަސް ފެކެލްޓީގެ ސީނިއާ ލެކްޗަރާ ޑިިނީ ޗަކޯ ކަމަށެވެެ.

އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ ކޮލެޖުގައި މަސައްކަތް ކުރައްވައިފައެވެ.

އޭނާ އިންޑިއާއަށް ދިޔައީ ދާދި ފަހުން އިންޑިއާގެ ރައްޔިތުން ބަލާ އައި މަނަވަރެއްގައެވެ.

"ޑިނީއަކީ ވަަރަށް އުފާވެރި މިޒާޖެއްގެ ބޭފުޅެއް. ވަރަށް ހީވާގި ކަމާއެކު މަސައްްކަތް ކުރެއްވި. ޑިނީގެ އާއިލާއަށާ ރަށްޓެހިންނަށް ތައުޒިޔާ ކިޔަން،" މަންދު ކޮލެޖުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

މީގެ ކުރިންވެސް މަނަވަރުގައި ރާއްޖެއިން އިންޑިއާއަށް ދިޔަ މީހުން ކޮރޯނާއަށް ޕޮޒިޓިވްވެފައި ވެއެވެެ.

comment ކޮމެންޓް