ހުޅުމާލެ މެޑިކަލް ފެސިލިޓީން ހިދުމަތް ދޭން ފަށައިފި

ރާއްޖޭގައި ކޮވިޑް-19 ވައިރަސް ފެތުރި ގިނަ އަދަދެއްގެ މީހުންނަށް އެއްފަަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމަށް ހުޅުމާލޭގައި ގާއިމުކުރި މެޑިކަލް ފެސިލިޓީގައި ހިދުމަތް ދޭން ފަށައިފިއެވެ.

އެ ފެސިލިޓީގައި ހިދުމަތް ދޭން ފެށީ އިއްޔެއެވެ. އައިޖީއެމްއެޗް އިން ކުރި ޓުވީޓެއްގައި ބުނީ، ފަރުވާއަށް އެ ފެސިލިޓީއަށް މީހަކު ގެންގޮސްފައި ވަނީ އިއްޔެ އިއްޔެ ހަވީރު 17:35 ގައި ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ފުރަތަމަ ގެންގޮސްފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހިދުމަތް ދޭން ފެށުމުގެ ކުރިން، އެ ފެސިލިޓީގައި މެޑިކަލް ސެޓަޕް ތައްޔާރުކޮށް، އިންތިޒާމުގެ ފުރިހަމަކަން ކަށަވަރުކުރުމުގެ ގޮތުން މުވައްޒަފުން ބައިވެރިކޮށްގެން ޑްރިލް އެއް ވެސް ކުރިއަށް ގެންދިޔައެވެ.

އެއީ ސަރުކާރުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ 300 އެނދުގެ ފެސިލިޓީއެކެވެ. އެ ފެސިލިޓީއަށް ގެންދާނީ ބައްޔަށް ޕޮޒިޓިވްވެ، ހާލުބޮޑު ނޫން ނަމަވެސް އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ މީހުންނެވެ.

އެ ފެސިލިޓީގެ މަސައްކަތް ލަސްވެގެން ދިޔައީ، އެތަނުގެ މަސައްކަތުގައި އުޅުނު ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ގިނަ ބަޔަކު އެކަހެރިކުރަން ޖެހުމާ ގުޅިގެންނެވެ.

comment ކޮމެންޓް