ރައްޔިތުންގެ ފައިސާ ބޭނުންކުރިކަން ފަޅާއެރުމުން ފިންލޭންޑްގެ މިނިސްޓަރަކު އިސްތިއުފާ ދީފި

އިސްތިއުފާ ދެއްވި ފިނޭންސް މިނިސްޓަރު (ވ)--

ރައްޔިތުންގެ ފައިސާ ބޭނުންކުރިކަން ފަޅާއެރުމުން ފިންލޭންޑްގެ ފިނޭންސް މިނިސްޓަރު ކަޓްރީ ކުލްމުނީ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ ވަނީ "މީޑިއާ ޓްރެއިނިން"އެއްގައި ބައިވެރިވުމަށް ދައުލަތުގެ ފައިސާއިން 50،000 ޔޫރޯ ބޭނުންކުރައްވައިފަ އެވެ.

މީގެ ކުރިން ކަޓްރީ ވިދާޅުވީ އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަވާނެ ކަމަށެވެ.

މިހާރު ފިންލެންޑްގެ ކޯލިޝަން ސަރުކާރުގެ އެންމެ ހަގު މިނިސްޓަރަކީވެސް ކަޓްރީ އެެވެ.

ކަޓްރީ ވިދާޅުވީ ކޯޗިންގެ މަސައްކަތަށް ހޭދަވި ފައިސާގެ ޖުމްލަ އަދަދު އެނގުނީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި މިހާރު މަގާމުގައި ހުރުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި އެ މައްސަލައިގެ ޒިންމާ ފުރިހަމައަށް ނަގާކަަމަށްވެސް ކަޓްރީ ވިދާޅުވި އެވެެ.

ކަޓްރީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާކަން ފަޅާއަރުވާލީ އެގައުމުގެ މެގެޒިންއެއް ކަމަށްވާ ސޮމެން ކޮވެލެހެތީއިން އެެވެ.

އެ މެގަޒިންއިން އިތުރަށް ބުނީ ކަޓްރީ އަށް ކޯޗްކޮށްދިނީ ތެކިރު އޮއި ކިޔާ ކޮމިއުނިކޭޝަންސް އޭޖެންސީއަކުން ކަމަށެެވެ. އެގޮތުން އެ އޭޖެންސީގެ ޗެއާމަން ހަރީ ސައުކޮމާ، ކަޓްރީއަށް ކޯޗުކޮށްދިނުމަަށް ގަޑިއަކަށް 700 އެއްހާ ޔޫރޯ ޗާޖްކޮށްފައިވާ ކަަމަށްވެސް ބުންޏެެވެ. --ބީބީސީ--

comment ކޮމެންޓް