މަޑަގަސްކަރައިގެ މިނިސްޓަރަކު ބޭނުންވީ ދެ މިލިއަން ޑޮލަރުގެ ލޮލީ ޕޮޕް ގަންނަން

ލޮލީ ޕޮޮޕް--

އެފްރިކާގެ ގައުމެއް ކަަމަށްވާ މަޑަގަސްކަރައިގެ އެޑިއުކޭޝަން މިނިސްޓަރު ދެ މިލިއަން ޑޮލަރުގެ ލޮޕީ ޕޮޕް ގަންނަން އުޅުއްވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލައިގައި މިނިސްޓަރު ރިޖާސޯ އަޑިރައަމަނާނާ ވަނީ މަގާމުން ވަކިވެސްކޮށްފަ އެވެ.

އެހާ ގިނައަދަދެއްގެ ލޮލީ ޕޮޕް ގަންނަން އުޅުނީ ކޮވިޑާ ގުޅިގެން އެގައުމުގައި މިހާރު ދެމުންގެންދާ ހާބަލް ބޭހެއް ބުޔުމުން އަގައިގާ މާ ބޮޑަށް ހިތިރަހަ ހުންނާތީ އެވެެ.

މިިނިސްޓަރު ބޭނުންވީ ކޮންމެ ދަރިވަރަަކަށްވެސް ތިން ލޮލީޕޮޕް ދޭށެވެ.

މަޑަގަސްކަރައިން ދަނީ އެގައުމުގައި އުފައްދާފައިވާ ހާބަލް ބުއިމެއް ކޮވިޑަށް ފަރުވާ ދިނުމަށާއި ބަލިން ދިފާއުވުމަށް ބޭނުންކުރަމުންނެވެ.

އެ ބުއިމަކީ ކޮވިޑަށް އޮތް ފަރުވާ އެއް ނޫންކަމަށް ޑަބްލިއުއެޗްއޯއިން ބުނި ނަމަވެސް މަޑެގަސްކާގެ ރައީސް ގެންދަވަނީ އެ ބުއިން ޕްރޮމޯޓް ކުރައްވަމުންނެވެ. އެހެން ނަމަވެސް އެ ގައުމުގެ ހެލްތް އޮތޯރިޓީއިން ވެސް ވަނީ އެ ބުޔުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

މަޑެގަސްކާގައި މިހާތަނަށް 1000 އެއްހާ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި ހަމީހުން ވަނީ މަރުވެފަ އެވެެ.

comment ކޮމެންޓް