ފުރަބަންދުގައި ދެވަނައަށް އެންމެ ގިނައިން ފޮތްކީ ދިވެހީން

ދިވެހި ދަރިވަރުންތަކެއް ފޮތް ކިއުމުގައި--

ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި އެޅި ފުރަބަންދުގެ ފިޔަވަޅުތަކާއެކު، އޭޝިއާ ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ "ލެޓްސް ރީޑް" ޕްރޮގްރާމްގައި މިދިޔަ މަހު ދެވަނައަށް އެންމެ ގިނައިން ފޮތް ކީ ބަޔަކަށް ދިވެހިން ވެއްޖެ އެެވެ.

މިދޔަ މަހު އެންމެ ގިނައިން މީހުން ފޮތް ކިޔައިފައިވަނީ އިންޑޮނީޝިއާ މީހުންނެވެ.

ރާއްޖެއިން މިދިޔަ މަހު 3951 މީހަކު 21،097 ފޮތެއް ވަނީ ކިޔައިފަ އެވެ.

ފުރަބަންދާ ގުޅިގެން އޭޝިއާ ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެކި ބަސްބަހަށް ތަރުޖަމާކޮށްފައިވާ އެތައް ސަތޭކަ ފޮތެއް އެ ފައުންޑޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ކިޔޭނެގޮތް ހެދި އެވެ.

އޭގެ އިތުރުން ޖިންސްގެ ހަމަހަމަކަމާއި "ޓޮަލަރަންސް"އާއި އަދި ސައިންސްއާއި ހިސާބު ހިމެނޭ "ސްޓެމް" އާ ގުޅޭ ފަޮތްތައް ވެސް ވެބްސައިޓްގައި ހިމެނެ އެވެ.

ފުރަބަންދާ ގުޅިގެން ދަރިވަރުން ވީހާވެސް ގިނައިން ފޮތް ކިއުމަށް އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ އިލްތިމާސްކޮށްފަ އެެވެ.

comment ކޮމެންޓް