އިދާރާތަކުން ލަސްނުކޮށް މައުލޫމާތު ދިނުމަށް ގޮވާލައިފި

"މާއްދާ 29، މިވެސް ހައްގެއް" ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ފިޔާޒް ވަހަކަ --

ދައުލަތުގެ އިދާރާތަކުން މައުލޫމާތުތައް ހޯދުމަށް އެދުމުން ލަސްނުކޮށް މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ގޮވާލައިފި އެވެެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ދައުލަތުގެ އިދާރާތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ މިމަހުގެ 11 އިގެ ފަހުން ކޮންމެހެން ސަރުކާރުގެ އޮފީސްތައް ހުޅުވަން ނިންމާފައިވާތީ މައުލޫމާތު ލިބިދިނުމުގެ ހައްގާ ގުޅުންހުރި މަސައްކަތްތައް ހިމެނުމަކީ ވަރަށް މުހިންމު ކަަމެއް ކަަމަށެވެ.

މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ މައްސަލަތަކާއި މައުލޫމާތު ދޫކުރުމަށް ނިންމާފައިވާ ބައެއް މައުލޫމާތުތައް ދޫނުކޮށް ހުރިކަން ފާހަގަކުރެވޭކަމަށް އިންފޮމޭޝަން ކޮމިޝަނުން ބުންޏެވެ.

މިހާރު މި އޮތް ހާލަތުގައި ގޮންޖެހުންތައް އޮތްކަން ފާހަގަކޮށް އިންފޮމޭޝަން ކޮމިޝަން ބުނީ ނަޒާހަތްތެރި ދައުލަތެއްގެ އެންމެ މުހިންމު އެއް ސިފައަކީ ހާމަކަންބޮޑުވުމާއި މައުލޫމާތު ދިނުމާއި އިދާރާތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެެވެ.

އެެހެން ނޫންނަމަ ނިންމާ ނިންމުންތަކާއި ހަރަދާމެދު ރައްޔިތުންގެ އިތުބާރެއް ނޯންނާނެކަމަށާއި އެހެން ނޫންނަމަ ހިޔާނާތުގެ ދޮރުތައް ބަންދުނުވާނެކަމަސްވެސް ބުނެފައިވެއެވެެ. އަދި މިފަދަ ކުއްލި ހާލަތުގައި ދައުލަތުގެ އިދާރާތަކާއި ވެރިންނަށް ލިބޭނެ އެންމެ މުހިންމު ރައުސުލްމާލަކަށް ވާނީ ރައްޔިތުންގެ އިތުބާރުކަމަށްވެސް ވަނީ ބުނެފަ އެވެ.

"އެކަން ހާސިލްވާނީ ހާމަކަން ބޮޑުވެ، ރައްޔިތުންނަށް ރައްޔިތުންގެ މައުލޫމާތުތައް ވާސިލްވެވިގެންނެވެ. އެއީ މައުލޫމާތު ހޯދަން ހުށަހަޅާ މައްސަލަތަކަށް ވީހާ އަވަަހަކަށް ޖަވާބު ދިނުމެވެެ. ހުރިހާ މުވައްސަސާތަކުންވެސް މިކަންކަމަށް ކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެެ." އިންފޮމޭޝަން ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް