ޑައިރެކްޓަރު ބާސޫ މަރުވެއްޖެ

ކުޅަދާނަ ޑައިރެކްޓަރު ބާސޫ ޗެޓަޖީ---

ހަތްދިހައިގެ އަހަރުތަކުގެ އިންޑިއާ ސިނަމާގައި ވިދާލި ކުޅަދާނަ ޑައިރެކްޓަރު ބާސޫ ޗެޓަޖީ މަރުވެއްޖެ އެވެ.

ހަތްދިހަ އަދި އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ބެލުންތެރިންނަށް ކަމުދާ ރީތި މޮޅު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބާސޫ މަރުވީ އޭނާގެ އުމުރުން 93 އަހަރު މުސްކުޅި ބަލީގައެވެ. އޭނާ މަރުވިކަން ފިލްމުމޭކާ އަޝޯކް ޕަންޑިތް ވަނީ އޭނާގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް ހިއްސާކޮށްފައެވެ.

ޑައިރެކްޓަރު ބާސޫ ވަނީ 1978 ވަނަ އަހަރު ބޭއްވި ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމުވެސް ހޯދާފައެވެ. އޭގެ އިތުރުން 2007 ވަނަ އަހަރުގެ އައިފާ އެވޯޑްސްގައި އޭނާ އަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑްވެސް ލިބިގެން ގޮއްސައެވެ. އޭގެ އިތުރުން ވެސް ގިނަ އެވޯޑްތަކެއް ހާސިލްކުރި ބާސޫގެ މަރާއެކު އޭނާގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.

ބާސޫ ޑައިރެކްޓްކޮށްފައިވާ މަގްބޫލު ބައެއް ފިލްމުތަކުގެ ތެރޭގައި ޗިޓްޗޯރް، ޝައުކީން، ޗޯޓީ ސީ ބާތު އަދި ޗަމޭލީ ކީ ޝާދީ ހިމެނެއެވެ.

comment ކޮމެންޓް