ޔޫރަޕުން ފުރަތަމަ ބޯޑަރުތައް ހުޅުވާލި ގައުމަކަށް އިޓަލީ

އިޓަލީގެ އެއާޕޯޓްގައި ބަޔަކު--

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރުތައް ފުރަތަމަ ހުޅުވާލި ގައުމަކަށް އިޓަލީވެއްޖެ އެވެ.

އިޓަލީން ބޯޑަރުތައް ހުޅުވާލި ނަމަވެސް ޔޫރަޕްގެ އެހެން ގައުމުތަކުން ބުނީ ބޯޑަރުތައް ހުޅުވާލަން އަދި މާ އަވަސް ކަމަށެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ބޭނުންވަނީ ޖޫން 15 އިގެ ފަހުން ބޯޑަރުތައް ހުޅުވާލާށެވެެ.

ބޯޑަރުތައް ހުޅުވާލުމާއެކު އެގައުމަށް ނާދެވިފައި ތިބި މީހުންނާ އާއިލާތަކާ އަލުން ބައްދަލުވާގޮތް ވަނީ ވެފަ އެވެ. އަދި އެކި ވިޔަފާރިތައް ކުރުމަށް ފްރާންސްގެ މިީހުން ވަނީ އިޓަލީއަށް މިސްރާބު ޖަހައިފައެވެ. އިޓަލީން ބައެއް ކާބޯތަކެއްޗާއި ސިނގިރެޓް ފަދަ ބާވަތްތައް އަގުހެޔޮކޮށް ލިބެ އެވެ.

ބޯޑަރުތައް ހުޅުވާލިއިރު އެތެރެވާ މީހުން 14 ދުވަހަށް ކަރަންޓީނުކުރުންވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

އިޓަލީން ބޯޑަރުތައް ހުޅުވާލިއިރު އެގައުމަކީ ކުރިން އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރުނު ގައުމުވެސް މެއެވެ، އެގައުމުގައި މިހާތަނަށް އެ ބަލި 234،000 މީހުންނަށް ޖެހިފައިވާއިރު ބަލީގައި 33،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެެ.

އިޓަލީގެ މީހުން ގްރީސް އަދި އޮސްޓްރިއާ ގަދަ ގައުމުތަކަަށް ވަނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައިވާތީ އިޓަލީގެ ބޮޑުވަޒީރު ޕްރެމިއާ ގުއިސޭޕޭ ކޮންޓޭ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެސްވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކުރިން ކުއްލި ހާލަތު މިހާރު ނިމިއްޖެ ކަމަށެވެެ.

ބޯޑަތުތައް ހުޅުވާލުމާ ދޭތެރޭ ޔޫރަޕްގައި ހިޔާލުތަފާތު ވެފައިވާއިރު ހުދު އިޓަލީގެ އެތެރޭގައިވެސް ވަނީ އެކަމާ ދޭތެރޭ ހިޔާލުތަފާތުވެފައެވެ. އެގޮތުން އިޓަލީގެ ސާޑިނިއާއަށް ވެރިރަށް ރޯމުން އަންނަ މީހުން ޓެސްޓް ކުރަންވެސް ކުރިން ނިންމިއެވެެ. ނަމަވެސް ފަހުން އެކަން އިޓަލީގެ ސަރުކާރުން ވަނީ ހުއްޓުވައިފަ އެވެ.

ސާޑީނިއާއަކީ ރޯމްއާ އަޅާބަލާއިރު ބަލި ވަރަށް މަދުން ފެނިފައިވާ ސަރަހައްދެކެވެ. --- އެސޯސިއޭޓެޑް ޕްރެސް

comment ކޮމެންޓް