މާފުށިވަރު ހުޅުވުން ޖުލައި މަހު

މާފުށިވަރު ރިސޯޓު --

އދ މާފުށިވަރުގައި ހިންގި ރިސޯޓް މަރާމާތު ކުރުމަށްފަހު ޖުލައި މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މީގެ ކުރިން ނިންމާފައިި އޮތީ މިދިޔަ މާޗު މަހު އެ ރިސޯޓު އަލުން ހުޅުވުމަށެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން ރިސޯޓު ހުޅުވުން ފަސް ކުރީ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިހާރު ނިންމާފައި އޮތީ ޖުލައި މަހުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށެވެ.

މާފުށިވަރު ހުޅުވަނީ ޔޫރަޕުގެ ޑާ ޓޫރިސްޓިކްގެ "އެލްޓީއައި" ބްރޭންޑުގެ ރިސޯޓެއްގެ ގޮތުގައި އެލްޓީއައި މާފުށިވަރު މޯލްޑިވްސް ގެ ނަމުގަ އެވެ.

މަތީފަންތީގެ މި ރިސޯޓު ހުޅުވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ފަތުރުވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަން ދީގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 25 މިނެޓުން ސީޕްލޭނުގައި ދެވޭ ސަރަހައްދުގައި އޮންނަ މާފުށިވަރު ރިސޯޓުގައި ފަސް ކެޓަގަރީއެއްގެ ބީޗް ކޮޓަރިތަކާއި މޫދު ކޮޓަރި ހުންނާނެ އެވެ.

ފަތުރުވެރިންނަށް މީރު ރަހަތަކުގެ ކާނާ ފޯރުކޮށްދިނުމަށް ހާއްސަ ރެސްޓޯރެންޓުތަކެއް މި ރިސޯތުގައި ހުންނާ ނެއެވެ. އެގޮތުން ޖަޕަނީޒް، އިންޑިއަން، އިޓަލިއަން އަދި ދުނިޔޭގެ މަގްބޫލު ރަހަތައް ފޯރުކޮށްދޭ ރެސްޓޯރެންޓުތަުގެ އިތުރުން ބާ ތައް މި ރިސޯޓުގައި ހުންނާނެ އެވެ.

ސްޕާ އާއި ޖިމްގެ ހިދުމަތްވެެސް ލިބޭ މި ރިސޯޓު މި ހުޅުވަނީ މަރާމާތަށް ބަންދުކޮށްފައި އޮންނަތާ އަހަރެއް ފަހުންނެވެ.

comment ކޮމެންޓް