ޔުނައިޓެޑް ފޭނުންނަށް އުފާވެރި ހަބަރެެއް، އިގާލޯގެ އެއްބަސްވުން އިތުރުކޮށްފި

ޔުނައިޓެޑްގެ ފޯވާޑް އިގާލޯ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ ---

ނިމިގެން ދިޔަ ދެތިން ހަފުތާއަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުން ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ދުވަސްކޮޅެކެވެ. އެ ޓީމަށް މިފަހުން ގުޅުނު ނައިޖީރިއާގެ ފޯވަރޑް އޮޑިއޯން އިގާލޯގެ ލޯން އެއްބަސްވުން ހަމަވުމާ ގުޅިގެން އޭނާ ގޮސްދާނެ ކަމަށް ވާހަކަތައް ފެތުރިފައި ވަނިކޮށް ޔުނައިޓެޑުން މިވަނީ އެއްބަސްވުން އިތުރު ކޮށްފަ އެވެ.

ޗައިނާގެ ޝަންހާއި ގްރީންލޭންޑް ޝެންހުއާއިން ޔުނައިޓެޑަށް އިގާލޯ ބަދަލުވީ މިދިޔަ ޖެނުއަރީ މަހު ލޯނު އެއްބަސްވުމެއް ދަށުންނެވެ. ޔުނައިޓެޑާއެކު އިގާލޯ ހަދާފައިވާ އެއްބަސްވުން މެއި މަހުގެ 31 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެއާ އެކު އޭނާ އެނބުރި ޗައިނާއަށް ދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެއީ ޗައިނީސް ސުޕަރ ލީގު އަލުން ފަށަން ތައްޔާރުވަމުން ދާތީ ޝަންހާއި އިން ވަނީ އިގާލޯ އެނބުރި ގެންދަން މަސައްކަތް ކޮށްފައިވުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ޝަންހާއީއިން އިގާލޯގެ އެއްބަސްވުން އިތުރުކޮށްފައިވަނީ އިތުރު 20 މިލިއަން ޕައުންޑް އެކުލަބަށް ދެއްކުމުންނެވެ. އެކަމަކު އަދިވެސް އިގާލޯ ދާއިމީކޮށް ޔުނައިޓެޑަށް ވިއްކާލަން ޝަންހާއީއަކުން ނުނިންމަ އެވެ. ޔުނައިޓެޑާއެކު އިގާލޯ އަލަށް ހެދި ލޯނު އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

އިގާލޯ، 30 ވަނީ މިދިޔަ ޖަނަވަރީ މަހު ޔުނައިޓެޑަށް ގުޅުނު ފަހުން ކުޅުނު އަށް މެޗުގެ ތެރޭގައި ފަސް ގޯލު ޖަހައިފަ އެވެ. އެގޮތުން ކޮރޯނާ ވައިރަހުގެ ސަބަބުން ޔޫރޮޕުގެ ފުޓުބޯޅަ މެދުކަނޑާލުމުގެ ކުރިން ޔުނައިޓެޑުން ކުޅުނު ފަހު މެޗުގައި އެލްއެސްކޭ އަތުން އެ ޓީމު މޮޅުވި މެޗުގައި އޭނާ ވަނީ ގޯލު ޖަހައިފަ އެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މި މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް