ރާއްޖޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 232 އަށް އަރައިފި

މެއި 24، 2020: "ތޫފާނު"ގެ ތެރެއިން އައި ހިމޭން ފިތުރު އީދު 1441 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު 232 އަށް އަރައިފި އެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ މި ބަލިން އިތުރު 46 މީހަކު ރަނގަޅުވެފައިވާކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިގޮތުގައި ރަނގަޅުވި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ 30 މީހަކު އަދި ދިވެހި 10 މީހަކު ހިމެނެ އެވެ. އޭގެ އިތުރުން އިންޑިޔާގެ ހަތަރު ރައްޔިތުންނާއި ސްރީލަންކާގެ އެކަކު އަދި ނޭޕާލްގެ މީހަކު ވެސް ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

ޑރ. އަފްޒަލް ވިދާޅުވިގޮތުގައި ރަނގަޅުވި މީހުންގެ ތެރެއިން ގިނައީ މެދު އުމުރުގެ މީހުންނެވެ. އެގޮތުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ 25 މީހަކު ހިމެނޭއިރު 40 އަހަރާއި 65 އަހަރާ ދެމެދުގެ 11 މީހަކު ހިމެނޭ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

މި ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލަ 1200 މީހަކު މިވަގުތު ރާއްޖޭގައި ތިބި އިރު އައިސޮލޭޝަންގައި 1108 މީހަކު އެބަ ތިއްބެވެ. އަދި ކަރަންޓީނު ކުރެވިފައިވާ 1817 މީހަކު އެބަތިއްބެވެ.

މި ބަލީގައި މިހާތަނަށް ފަސް މީހަކު ވަނި ނިޔާވެފައެވެ.

comment ކޮމެންޓް