ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އިތުރު 5،000 ޓެސްޓް ކިޓު ހަދިޔާކޮށްފި

އޭޕްރީލް 19، 2020: މާލޭ އިއްޒުއްދީން ފާލަމުގައި ގާއިމު ކޮއްފައިވާ ފްލޫ ކިލިނިކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކޮވިޑް-19 ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯޯ) އިން އިތުރު 5،000 ޓެސްޓް ކިޓު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު 5،000 ޓެސްޓް ކިޓު ލިބިފައިވާ ކަމަށެވެ. އަދި އެ ޓެސްޓް ކިޓު ވަނީ މިހާރު އައިޖީއެމްއެޗާ ހަވާލުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން 5،000 ޓެސްޓް ކިޓް ރާއްޖެއަށް މީގެ ދެ ހަފްތާ ކުރީންވެސް ވަނީ ހަދިޔާކޮށްފައި ކަމަށް އެންއީއޯސީއިން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ މީގެ ކުރީން ތިން ފަހަރެއްގެ މަތީން 5،000 ޓެސްޓު ކިޓު ރާއްޖެއަށް ހަވާލުކޮށްފައެވެ. އޭގެއިތުރުންވެސް އެހެން ފަރާތްތަކުންވެސް ރާއްޖެއަށް ޓެސްޓު ކިޓު ހަދިޔާކޮށްފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 20،551 ސާމްޕަލް އެއް ހަދާފައެވެ. އޭގެތެރޭގައި ރިޕީޓު ސާމްޕަލްތައް ހިމެނޭ ކަމަށް އެންއީއޯސީއިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް