ތައިލެންޑުގައި ތިބި ދިވެހިން މިރޭ ރާއްޖެ ގެންނަނީ

މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ކޮވިޑް19 އާ ގުޅިގެން ރާއްޖެ ނާދެވި ތައިލެންޑްގައި ތާށިވެފައި ތިބި ދިވެހިން މިރޭ ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ތައިލެންޑުގައި ތިބި 26 ދިވެހިން މިރޭ މާލެ އަންނާނެ ކަމަށެވެ. އަދި އެ އެންމެން ވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރާނެ އެވެ.

ރާއްޖޭގައި ތިބި ތައިލެންޑް ރައްޔިތުން ގޮވައިގެން، މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ވަނީ އެ ގައުމަށް ފުރައިފަ އެވެ. އެ ގައުމުގައި ތިބި ދިވެހިން އަންނާނީ އެ ފްލައިޓުންނެވެ.

މިއަދު ފުރި ފްލައިޓުގައި ރާއްޖޭގައި ތިބި ތައިލެންޑުގެ 15 މީހަކު ގޮސްފައިިވާއިރު، މިހާތަނަށް ރާއްޖޭގައި ތިބި 349 ތައިލެންޑް ރައްޔިތުން ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

މޯލްޑިވިއަން އިން ދަނީ ތައިލެންޑަށް ކާގޯ ދަތުރުތައް ވެސް ބާއްވަމުންނެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިންވެސް އެކި ގައުމުތަކުގައި ތިބި ދިވެހިން ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި ބޭރު ގައުމުތަކުގައި ތިބި ދިވެހި އާއިލާތަކަށް މޯލްޑިވިއަނުން ވަނީ "ކެއާ ޕެކޭޖު" ތައް ވެސް ގެންގޮސްފަ އެވެ.

comment ކޮމެންޓް