އޯލެވެލް ސެޓްފިކެޓް ލިބެންދެން ޓްރާންސްކްރިޕްޓް ބޭނުން ކުރެވޭނެ: އެޑިއުކޭޝަން

އޯލެވެލް އިމްތިހާނެއް ކުރިއަށް ދަނީ--- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރު އޮކްޓޯބަރު ނޮވެމްބަރު މަހު ހެދި އޯ ލެވެލް އިމްތިހާންގެ ނަތީޖާގެ ސެޓްފިކެޓް ނުލިބޭތީއާއެކު، ކުރިން ދޫކޮށްފައިވާ ނަތީޖާ ހިމެނޭ ޓްރާންސްކުްރިޕްޓް މަތީ ތައުލީމުގެ ފުރުސަތުތަކަށް ބޭނުންކުރަން އިލްތިމާސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާންގެ ސެޓްފިކްޓްތަކަކީ ޔުނިވާސިޓީން ޕްރިންޓްކޮށް ސީލް ޖަހައިގެން ފޮނުވާ ލިޔުންތަކެއް ކަމަށެވެެ. އަދި އެ ސެޓްފިކެޓްތައް ޕްރިންޓްކުރަނީ ރީޗެކް މަރުހަލާތައް ނިމި ނަތީޖާ ކަށަވަރުކުރުވުމުން ކަމަށެވެެ

ނަމަވެސް އެ މަރުހަލާ ނިމުނުއިރު ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށްފައިވާތީ ރާއްޖެއާ ހަމައަށް އަދި ސެޓްފިކެޓްތައް ނުގެނެވޭކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ސެޓްފިކެޓްތައް ގެނެވުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރާނެ ކަމަށެވެ.

" ސެޓްފިކެޓަށް އެދުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށް ހުށަހަޅަން ބޭނުންވެއްޖެނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ވާހަކަ ދަންނަވަމެވެެ. އަދި ނަތީޖާގެ ޔަގީންކަން ކަށަވަރުކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ ޑީޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށްވެސް އެކަމަށް އެދި ހުށަހެޅުމުން އެފަދަ ލިޔުމެއް ލިބުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެގޮތުން ޕަބްލިކް އެގްޒެމިނޭޝަނަށް ލިޔުން ހޯދަން ހުށަހަޅާއިރު މެއިލް ކުރަން ޖެހެނީ [email protected] އަށެެވެ.

comment ކޮމެންޓް