މައްސަލަ ހައްލުކޮށް ކަރަންޓު ދީފި

ސްޓެލްކޯ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާވެޔޮ މަގު ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފިއެވެ.

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާވެޔޮމަގު ސަރަހައްދުން ކަރަންޓު ކެނޑުނީ މިރޭ 9:30 އެހައިކަންހާއިރު އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް މިރޭ 21:48 ގައި ވަނީ ކަރަންޓު ދެވިފައިވާ ކަމަށެވެ.

މާވެޔޮމަގު ސަރަހައްދުން ކަރަންޓު ކެނޑުނުއިރު، މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

comment ކޮމެންޓް