ކޮރޯނާވައިހުގެ އާލަމީ ވަބާއާ އެކު އެތަށް ބައެއްގެ ދިރިއުޅުން އެތަށް ގޮތަކަށް ބަދަލުވެއްޖެ އެވެ. މި ރޯގާގެ ރާޅުތައް އަހަރުމެންގެ ދިރިއުޅުމަށް އަރައި ފައިބައިގެން މިދަނީ، ދިރިއުޅުމުގެ އާދަތައް އެ ފުށް މިފުށަށް ޖަހާލަމުންނެވެ.
މި ވައިރަހުގެ އެންމެ ނުރައްކާތެރި ހާލަތް ރާއްޖެއިން ކަނޑަތުކުރަމުން މިދަނީ ރޯދަ މަހާ ދިމާކޮށެވެ. ރޯދަ މަހުގައި ދިވެހިން ހިފަހައްޓަމުން ދިޔަ އާދަތައް ކަމަށްވާ، މިސްކިތުގެ ޖަމާއަތުގައި ނަމާދު ކުރުމާއި ތަރާވީސް ކުރުން އަދި ރެސްޓޯރެންޓްތަކުން އާއިލާ އެންމެން ރޯދަ ވީއްލުން ފަދަ ކަންކަން މިވަނީ ހުއްޓިފަ އެވެ. މިއީ ދިވެހިންނަށް ކުރިމަތިވި ތަފާތު ރޯދަމަހެކެވެ.
އެއްބަޔަކަށް ގޭގައި ތިބެ ރޯދަ ވީއްލުމުގެ ނަސީބު ލިބިފައިވީ ނަމަވެސް އެ ނަސީބުން މަހުރޫމް ވެފައިތިބި ބަޔަކުވެސް އެބަތިއްބެވެ. އެއީ، މި ވައިރަހާ ދެކޮޅަށް ކުރީސަފުަގއި މަސައްކަތް ކުރާ ނުވަތަ، ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ރޯދަ ވީއްލަން ޖެހިފަިއ ވަނީ ވެސް މަގުމަތީގަ އެވެ. ނޫނީ އެމީހަކު ޑިއުޓީކުރާ ޕޯސްޓެއްގަ އެވެ.
މިއީ ތަފާތު މަންޒަރުތަކެވެ؛ ސަންގެ ޓީމުން އެއް ހަފްތާއެއް ތެރޭ ކުރި މަސައްކަތުން ފްރޮންޓްލައިންގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން މަގުމަތީގައި ރޯދަ ވީއްލަން ޖެހޭ މީހުންގެ މަންޒަރުތައް މި ވަނީ އެއްކޮށްފަ އެވެ.

މެއި 2020: މިއީ ސޯސަންމަގު ހެންވޭރާ ދިމާލުން ނިމޭ ހިސާބުގައި ހުންނަ ތޮއްޖެހިފައި ތިބި ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެ ކައިރީ ޕްެޓްރޯލް ކުރުމަށް ހުންނަ ފުލުހެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މަތީގައިވާ ފޮޓޯ އިން އެ ފެންނަނީ، އެޗްޕީއޭއިން މޮނިޓަރިންއަށް ލާފައިވާ ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެއެއްގެ ކުރިމަތީ ޑިއުޓީއަށް ހުރި ފުލުހަކު މަޢްރިބު ނަމާދު ބަންގި ގޮވުމާއެކު އެކު އޭނާ ރޯދަ ވީއްލަން ފެށި މަންޒަރެވެ. ބަންގީގެ އަޑާ އެކު ފުލުސް މީހާ އެންމެ ފުރަތަމަ ވެެސް ސެނިޓައިޒާ ފުޅިއެއް ނަގާ ރަނގަޅަށް އަތް ސާފުކޮށްލި އެވެ. ޖޫސްތައްޓަކުން އޭނާ ރޯދަ ވީއްލީ އެއަށް ފަހު އެވެ.

މެއި 8، 2020: މިއީ ސޯސަންމަގު ހެންވޭރާ ދިމާލުން ނިމޭ ހިސާބުގައި ހުންނަ ތޮއްޖެހިފައި ތިބި ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެ ކައިރީ ޕްެޓްރޯލް ކުރުމަށް ހުންނަ ފުލުހެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 2020: މިއީ ސޯސަންމަގު ހެންވޭރާ ދިމާލުން ނިމޭ ހިސާބުގައި ހުންނަ ތޮއްޖެހިފައި ތިބި ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެ ކައިރީ ޕްެޓްރޯލް ކުރުމަށް ހުންނަ ފުލުހެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 2020: ޑިއުޓީގައި ހުރި ފުލުސް އޮފިސަރު ބަންގި ގޮވަންދެން މަޑުކޮށްލައިގެން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މަތީގައިވާ ފޮޓޯތަކުން ފެންނަ، ސޯސަންމަގު ހެންވޭރުކޮޅުގައި ހުންނަ ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ގެއެެއް ކައިރީ ޑިއުޓީ ފުލުހުން ޕެޓްރޯލް ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ރޯދަ ވީއްލާ ވަގުތުގައިވެސް ފުލުހުން އެ ގެ ޕެޓްރޯލް ކުރުން ހުއްޓާ ނުލާ ވަގުތެކެވެ. އެތަނުގައި ޑިއުޓީގައި ހުންނަ ފުލުސް އޮފިސަރު ރޯދަ ވީއްލަނީ އެތަނުގައި ހުރެ އެވެ. ބައެއް ދުވަސް ދުވަހު އެ ފުލުސް މީހާއަށް އެ ސަރަހައްދުގެ ކައިރި ގެތަކުންވެސް ރޯދަ ވީއްލުމަށް ތަކެތި ދޭތަން ފެނެެ އެވެ. އަދި މިގޮތަށް ދޭ ބައެއް ހަދިޔާތައް ބަންދުކޮށްފައި ހުންނަ ބިދޭސީންނަށްވެސް ދޭތަން ފެނެ އެވެ.
ފުލުހުން އަންނަނީ މާލޭ ސިޓީގައި ހުރި މިފަދަ 28 ތަނެއްގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. އެތަންތަނުން އެންމެންގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށް އެންއޯސީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މެއި 17، 2020: މިއީ ފެމިލީ ކޯޓުގައި ފޯރިމަރަން ހުންނަ ފާރަވެރިޔާ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 17، 2020: ރިޔާސީ ލޯންޗުކޮޅުގައި ތިބޭ ސިފައިން ރޯދަ ވިއްލުމަށް ތައްޔާރުވަނީ. އެމީހުންނަށް ބައެއް ތަކެތި އެދުވަހު ގެންގޮސްދީފައި ވަނީ ކުޑަ ޑިންގީއެއްގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 8، 2020: ރިޔާސީ ލޯންޗްގައި ތިބޭ މީހުން ރޯދަ ވިއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 17، 2020: ސިނަމާލެ ބުރިޖް ޗެކްޕޯސްޓްގައި ތިބޭ ފުލުހުންގެ ރޯދަ ވީއްލުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މާލެއަށް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް ލަފާކޮށްފައިވާ ސާޖާއެކު ފުލުހުން ވަނީ ސިނަމާލެ ބުރިޖުގެ ސަލާމަތީކަންކަން ވަރުގަދަކޮށްފަ އެވެ. އެތަނުން ދަތުރުކުރާ އުޅަނދުތައް ގަވައިދުން ދަނީ ބަލާ ޕާމިޓް އޮތްތޯ ކަށަވަރުކުރަމުންނެވެ. ބަންގި ގޮވި ގަޑީގައިވެސް އެ ސަރަހައްދުގައި ދެ ފުލުހުން ތިއްބެވެ. އެމީހުންވެސް ރޯދަ ވީއްލާފައިވަނީ އެ ސަރަހައްދުގައި ތޮށިގަނޑު މަތީ އިށީންދެލައިގެން ތިބެ އެވެ.

މެއި 17. 2020: ކާނިވާ ބަސް ޓާމިނަލްގައި ތިބި ބިދޭސީން ރޯދަ ވިއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މަތީގައިވާ ފޮޓޯއިން އެ ފެންނަ ބިދޭސިންނަކީ އެއާޕޯޓަށް ދިއުމަށްޓަކައި ބަސް އަންނަދެން އެތަނުގައި މަޑުކޮށްލައިގެންތިބި ބައެކެވެ. އެމީހުން ވަނީ އެދުވަހު ހަވީރު 5:15 އަށް އެތަނަށް އައިސްފަ އެވެ. އަދި ބަންގި ގޮވި ގަޑީވެސް އެމީހުން ތިބީ އެތަނުގަ އެވެ.
އެމީހުން ބުނި ގޮތުގައި އެމީހުން އެތަނުގައި ތިބީ އެއާޕޯޓަށް ދިޔުމަށް ބަސް އަންނާނެތީ ބަހުގެ އިންތިޒާރުގަ އެވެ. ނަމަވެސް އެމީހުން އައުމުގެ ކުރިން ބަސް ދިޔުމުން އެ މީހުންނަށް ބަސްކެޓީ އެވެ. އެމީހުން އެދުވަހު ރޯދަ ވީއްލަން ޖެހުނީ އެތަނުގައި ތިބެއެވެ.
އެ މީހުންނާ ދެއްކި ވާހަކަތަކުން އެނގެނީ އެމީހުނަށްވެސް އެންމެ ރަނގަޅުގޮތުގައި މައުލޫމާތު ނުލިބޭ ކަމެވެ. އެމީހުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް އެނބުރު ގައުމަށް ދިޔުމަށެވެ.
އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު ބަންގްލަދޭޝްގެ 67 މީހަކު ވަނީ ފުރުވާލާފަ އެވެ. އެއީ އެމީހުންނާ ދިމާވި ދުވަހެވެ. އަދި އިއްޔެ އިތުރު 200 މީހުން ފުރާނެ ކަމަށް ރޭ އެންއޯއީސީގެ ތަރުޖަމާނު މަބްރޫ އަޒީޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ފްލައިޓް ވަނީ މުއްދަތެއް ނެތް ގޮތަށް މިހާރު ފަސްކޮށްފަ އެވެ.

މެއި 13، 2020: ބަންގްލަދޭޝް މީހުން ދިރުއެޅުން އަންނަތަނެއްގައި ރޯދަ ވީއްލުމަށްފަހު ބިދެސީއަކު ބެލްކަނީގައި ނަާދު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މަތީގައިވާ ފޮޓޯގައި ފެންނަ ބިދޭސީން ދިރިއުޅެމުންދާ ތަނުގެ ބެލްކަނީގައި އެކަކު ނަމާދު ކުރަމުން ދިޔަ އިރު އަދިވެސް ބައެއް މީހުން ދިޔައީ ރޯދަ ވިއްލުމުގެ ކަންކަން ކުރަމުންނެވެ. ރޯދަ ވީއްލުމަށްފަހު އޭނާ އަވަސްވެ ގަތީ ވީހާވެސް އަވަހަކަށް ނަމާދު ކުރާށެވެ. މިއީ އެންމެ ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅޭ އެއް ސަރަހައްދު ކަމަށްވާ އަބައްދަށްފެހި މަގާއި ކަރަންކާ މަގާ ގުޅޭ ގޯޅީގައި ހުންނަ ގެއްގެ ދެވަނަ ބުރީގައި ދިރިއުޅޭ ބިދޭސީންތަކެކެވެ.
މިހާތަނަށް ރާއްޖެއިން އެއްހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 554 މީހަކަށް މި ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

މެއި 13، 2020: ފެރީއެއްގައި ތިބި ބިދޭސީން ރޯދަ ވިއްލަނީ--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 13، 2020: ފެރީގައި ތިބި ބިދޭސީން ރޯދަ ވީއްލަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މިއީ ފެރީއެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެކެވެ. އެ މީހުން އަހަރުމެންނަށް ރޯދަ ވީއްލުމުގެ ދައުވަތެއް ވެސް ދިނެވެ. އެމީހުން ބުނި ގޮތުގައި މީއި އެމީހުންގެ ރޯދަ ވީއްލުމުގެ އާދަ އެވެ.

މެއިި 14، 2020: މާލޭ ދެކުނު ހާބަރުގައި އަޅާފައި އޮންނަ މަސްދޯނިތަކުގައި ތިބޭ ބިދޭސީން ރޯދަ ވީއްލުމަށް ތައްޔާރު ވަނީ. --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއިި 14، 2020: މާލޭ ދެކުނު ހާބަރުގައި އަޅާފައި އޮންނަ މަސްދޯނިތަކުގައި ތިބޭ ބިދޭސީން ރޯދަ ވީއްލުމަށް ތައްޔާރު ވަނީ. --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއިި 14، 2020: މާލޭ ދެކުނު ހާބަރުގައި އަޅާފައި އޮންނަ މަސްދޯނިތަކުގައި ތިބޭ ބިދޭސީން ރޯދަ ވީއްލުމަށް ތައްޔާރުވެ، ބަންގި ގޮވަންދެން މަޑުކޮށްލައިގެން. --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ދެކުނު ހާބަރުގައި އަޅާފައި އޮންނަ ގިނަ މަސްދޯނިތަކުގައިވެސް ގިނައީ ބިދޭސީންނެވެ. އެ ދޯނިތަކުގައިވެސް ރޯދަ ވިއްލުމަށް ގުރޫޕު ހަދާލާފައި ބަންގި ގޮވާނޭ އިރެއްގެ އިންތިޒާރުގައި މަޑުކޮށްގެން ތިބެ އެވެ. އަދި އެއް ދޯނީގައި ހަދާ އެއްޗެހި އަނެއް ދޯންޏަށްވެސް ދޭތަން ފެނެ އެވެ. މިވެސް ތަފާތު މަންޒަރުތަކެވެ.

މެއި 13، 2020: އިމާދުއްދިން ސުކްލްގައި ހުންނަ ސެކިއުރިޓީ ގާޑް ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އިމާދުއްދިން ސްކޫލް މިހާރު ބޭނުން ކުރަމުން އަންނަނީ ތޮއްޖެހިގެން އުޅުނު ބިދޭސީން ބޭތިއްބުމަށް ބޭނުން ކުރާ ވަގުތީ ހިޔާއެއްގެ ގޮތުގަ އެވެ. އެތަނުގައި ހުންނަ ސެކިއުރިޓީ ގާޑްވެސް ރޯދަ ވީއްލަނީ އޭނާ ފޯރިމަރަން ހުންނަ ގޮޑީގައި އިށީންދެލައިގެން އިދެ އެވެ.

މެއި 8، 2020: ބަންގި ގޮވުމަށް ކުޑަތަންވެފައި ވަނިކޮށް އާސަހަރާގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިން ރޯދަ ވީއްލުމަށް ތައްޔާރު ވަނީ--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 8، 2020: ބަންގި ގޮވުމަށް ކުޑަތަންވެފައި ވަނިކޮށް އާސަހަރާގައި ހަރަކާތްތރިވަމުން ދިޔަ ސިފައިން ރޯދަ ވީއްލުމަށް ތައްޔާރު ވަނީ--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 8، 2020: ބަންގި ގޮވުމަށް ކުޑަ ވަގުތުކޮޅެއް ވެފައި ވަނިކޮށް ފުލުހުން ރޯދަ ވީއްލުމަށް ތައްޔާރުވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 10، 2020: މަސްވެރިންގެ ޕާކްގައި ގައިމްކޮށްފައިވާ އެންއޯއީސީގެ ސެންޓަރުގައި ސިފައިން ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 14، 2020: މަސްވެރިންގެ ޕާކްގައި ގައިމްކޮށްފައިވާ އެންއޯއީސީގެ ސެންޓަރުގައި ސިފައިންގެ މީހަކު ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 2020: ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީ ފޯރިމަރަން ހުންނަ ފުލުސް އޮފިސަރު ރޯދަ ވީއްލަނީ - ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 8، 2020 ދަރުމަވަންތަ ހޮސްޕިޓަލް ޗެކް ޕޯސްޓްގައި ހުންނަ ފުލުސް އޮފިސަރު ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މެއި 2020: ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީ ފޯރިމަރަން ހުންނަ ފުލުސް އޮފިސަރު ރޯދަ ވީއްލަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އެންމެ ގިނައިން މަގުމަތީގައި ރޯދަ ވީއްލަ ޖެހިފައިވަނީ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނެވެ. ވެވޭހޭ ވާރޭއަކަށް ދޭ އަތްވަކަށް ބެލުމެއް ނެތި އެމީހުން މަސައްކަތް ކުރަމުން އެދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށެވެ.
މި ހުރިހާ ފޮޓޯތަކަކީވެސް އެކި ދުވަސްމަތީން އަހަރުމެންގެ ޓީމުގެ ފޮޓޯ ޖާނަލިސްޓުން އެއްކުރި ފޮޓޯތަކެވެ. މި ފޮޓޯތަކުން ބުނެދެނީ އެތައް ބައެއްގެ ގުރުބާނީގެ ވާހަަކަތަކެވެ. ގޭގައި އާއިލާ އެކު ރޯދަ ވީއްލުމުގެ އުފަލުން އެ މީހުން މަހުރޫމްވެގެން އެ ތިބީ އެންމެންގެ ސަލާމަތަށެވެ. އަހަރުމެންގެ ތެރެއިން ގިނަ މީހުން ކިހާ ނަސީބު ރަނގަޅު ހެއްޔެވެ؟ އާއިލާ އެކު ގޭގައި މަޖަލުގައި ރޯދަ ވީއްލެ އެވެ. އެކަމަކު އެ ނަސީބުން މަހުރޫމްވެފައިވާ ކިތައް ކިތަތައް މީހުން އުޅޭނެ ހެއްޔެެވެ؟

މެއި 17، 2020: ކޮވިޑް ޖެހިގެން ހާއްސަ ފަރުވާދެމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލްގެ ގަޑީން 6:31--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް