ފޮޓޯއިން - ނަރުދޫ، ދުވަހަކު ނުދެކޭ ހިމޭންކަމެއްގައި!

މޭ، 17، 2020: ފުރަ ބަންދުކޮށްފައިވާ ށ. ނަރުދޫ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

[ށ. ނަރުދޫއިން] - އަހަންނަށް މިހާރު މި ފޭބުނީ ކުޑަކުޑަ އާބާދީއެއް އޮތް މި އަތޮޅުގެ ނަރުދޫއަށެވެ. އަހަރެންގެ ރަށް، ށ. ފުނަދޫ މީހުން މި ރަށަށް އެހީގެ ސާމާނު ހިފައިގެން އައި ދޯނީގައި އަހަރެން ވެސް މި ރަށަށް މި އައީ އެވެ. ހަސްތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް މި ރަށަށް މި ދުވަސްވަރުގައި މީހުންގެ ސަމާލުކަން ހުއްޓިފައި ވަނީ، މިއީ މާލެއިން ބޭރުން ކޮވިޑް ރޯގާގެ އެންމެ ގިނަ ކޭސް ފެނުނު އެއް ރަށަށް މި ރަށް ވާތީ އެވެ.

އަހަރެމެން އައި ދޯނި ރަށުގެ ފަޅު ތެރެއަށް ވަންނަމުން ދިޔައިރު، އަތުގައި އޮތް ކެމެރާގެ ލެންސް ފުރަތަމަ ވެސް، އަމާޒުވީ ފަޅުގައި އޮތް މާލެ ދަތުރުކުރާ ބޯޓަކަށެވެ. އެއީ "އަމާޒު" ބޯޓެވެ. މި ރަށުގައި ކޮރޯނާވައިރަސް ފެތުރުގަތީ މާލެ ދަތުރު ކުރާ މި ބޯޓްގެ ކައްޕިއަށް ވައިރަސް ޖެހި އޭނާގެ ފަރާތުންނެވެ. އެއަށް ފަހު ހެދި ޓެސްޓްތަކުން 11 މީހަކު މި ރަށުން ޕޮޒިޓިވްވިކަން އެނގުނެވެ.

"އަމާޒު" ބޯޓް ނަރުދޫ ފަޅު ތެރޭ އަޅާފައި: ބޯޓް ޑިސްއިންފެކްޓްކޮށް ދަތުރުތައް ފެށުމުގެ ހުއްދަ ދިން ނަމަވެސް، ބޯޓްގެ ކައްޕި އާއި ބައެއް މުވައްޒަފުން ޕޮޒިޓިވް ވުމުން ބޯޓްގެ ދަތުރުތައް ފެށޭ ގޮތެއް ނުވޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނަރުދޫ ފަޅުގައި "އަމާޒު" ބޯޓް އަޅާފައި: މި ރަށުން އެންމެ ފުރަތަމަ ވައިރަހަށް ޕޮޒިޓިވްވީ، މި ބޯޓްގެ ކައްޕި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މީގެ ކުރިން މި ރަށަށް ޖައްސާލެވުނު ބައެއް ފަހަރުތަކުގައި ފެރީން ރަށަށް އަންނަ މީހުންނަށް މަރުހަބާ ކިޔަން ނޫނީ ރަށަށް ބާލާ މުދަލާ ހަވާލުވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް މީހުން ޖަމާވެފައި އޮވެ އެވެ. އެކަމަކު، މިފަހަރު ރޯދަ މަހެއްގެ މެންދުރު ވަގުތުގައި އަހަންނަށް މި ރަށަށް ފޭބުނު ނަމަވެސް، ބަނދަރު ސަރަހައްދުން މަރުހަބާކީ އެ ރަށުގެ ޓާސްކް ފޯހާއި ކައުންސިލްގެ ދެތިން ހަތަރު މީހެކެވެ. އެހެން ބައެއްގެ ހިލަމެއްވެސް ބަނދަރު މަތީގައި ނެތެވެ. މީގެ ކުރިން ބަނދަރުމަތީގައި ތިބެ މީހުން ވާހަކަ ދައްކާ ސަލާން ގަލާންކޮށް އުޅުނުތަން ދުށީމެވެ. ގާޑިޔާތަކަށް މުދާ ބަރުކުރާ ތަނާއި އޮޑިފަހަރު ފަހަރަށް މީހުން އަރާތަން ދުށީމެވެ. އެކަމަކު މިއަދު ފެނުނީ އެ މަންޒަރެއް ނޫނެވެ. މީހެއްގެ ހިލަމެއް ވެސް ބަނދަރުމަތީ ނެތީ އެވެ. ހަލަބޮލިކޮށް ފެންނަ ބަނދަރުމަތިން ފެނުނީ ފަޅުކަމެވެ.

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށިގެން މި ރަށް މި އޮތީ ފުރަބަންދުގަ އެވެ. ހުއްދަ ނެތި ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. މީހުން ގިނަ ވަގުތު ގޭގައި ތިބުމަށް ކައުންސިލުން ވަނީ އިރުޝާދު ދީފަ އެވެ. ބޭރަށް ނިކުންނަ ނަމަ މާސްކް އެޅުމަށް ވަނީ އަންގައިފަ އެވެ. ރަށު ތެރޭގައި ހެލިފެލިވެ އުޅުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.

ރަށުން ބޭރު މީހެއް ކަމުން މި ރަށުގައި މި އޮތް ހާއްސަ ހާލަތުގެ ފޮޓޯތައް އަހަރެންގެ ކެމެރާގައި ރައްކާ ކުރަން، ފުރުސަތު ލިބުނީ ޓާސްކު ފޯހުގެ ހުއްދަ ލިބިގެންނެވެ. އެކަމަކު އަހަންނަށް އެކަން ކުރަން ލިބުނީ 30 ހަކަށް މިނެޓެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ރަށުގެ ތެރެއިން ހިނގާފައި ދިޔައިރު، މީހެއްގެ ހިލަމެއް ވަނީ ވަރަށް މަދުންނެވެ. އަހަރެންގެ ކެމެރާގައި ރައްކާ ކުރަން ޖެހުނީ، "ފަޅު ނަރުދޫއެއް"ގެ ފޮޓޯތަކެވެ.

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އާންމުކޮށް ރަށްފުށުގައި ކުޑަކުދިން މަގުމަތީ އާއި އަތިރިމަތީ ކުޅެން އުޅޭ މަންޒަރު ފެނުމަކީ ވަރަށް އާންމު ކަމެކެވެ. އެހެން ނަމަވެސް މިއަދުގެ ހާލަތުގެ ގޮތުން މި ރަށުން އެފަދަ މަންޒަރެއް ނުފެނެ އެވެ. ކުދިން ކުޅެން ތިއްބަސް ތިބީ، ގޭގެ ގޯތި ތެރޭގަ އެވެ. މި ރަށުގައި ކޮމިޔުނިޓީ ސްޕްރެޑެއްގެ ހާލަތު އޮތް އިރު، ރައްކާތެރިވުމުގެ ގޮތުން ކުޑަކުދިން ގެއިން ބޭރަށް ނެރެގެން ނޫޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ޓާސްކްފޯހުގެ އެފަދަ އިލްތިމާސްތަކަށް މި ރަށުގެ ރައްޔިތުން ކިޔަމަންތެރިކަމާ އެކު ގަބޫލު ކުރެ އެވެ. މުޅިން ރަށުން ފެނުނީ އެ ކިޔަމަންތެރިކަމެވެ. ރަށު ތެރެއިން، ފެނުނު މަދު މީހަކީ ވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ވަޒީފާއަށް ދިޔުމަށް ނިކުމެ އުޅޭ މީހުންނެވެ. އެ މީހުން ތިބެނީ ވެސް މާސްކް އަޅައިފަ އެވެ. އެއް ގެއިން އަނެއް ގެއަށް މީހުން ޒިޔާރަތް ކުރުމާއި މަގުމައްޗާއި ޖޯލި ފަތިތަކުގައި މީހުން ވާހަކަ ދައްކަން ތިބުން އެއީ، މި ރަށުން އެއްގޮތަކަށް ވެސް މިހާރު ފެންނަ މަންޒަރެއް ނޫނެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ މަންޒަރު ފެނުން ވެސް ދުރެވެ. ސަބަބަކަށް ވަނީ ބަލީގެ ހާލަތު މުޅިން ހަމައަށް އެޅޭނެ ދުވަހެއް އަދި ނޭނގުމެވެ.

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަބަންދުގައި އޮތްއިރު އެ ރަށުގެ ކުދިންތަކެއް ގޭ ތެރޭގައި ބޯޅަ ކުޅެނީ: ޒަރޫރީ ކަމެއްގައި ނޫނީ ރަށު ތެރޭގައި ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަބަންދުގައި އޮތްއިރު އެ ރަށުގެ ކުދިންތަކެއް ގޭ ތެރޭގައި ބޯޅަ ކުޅެނީ: ޒަރޫރީ ކަމެއްގައި ނޫނީ ރަށު ތެރޭގައި ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ބަލިމަޑުކަން ރަށަށް އިތުރަށް، ފެތުރިގެން ނުދިޔުމަށް މި ރަށުގެ ރައްޔިތުން މި ދައްކަނީ ވަރަށް ވެސް ބޮޑު ނަމޫނާ އެކެވެ. ރަށުގެ ފިހާރަތައް ބަންދުކޮށްފައިވާ އިރު، ރަށުގެ ސޯޝަލް ސަޕޯޓް ޑެސްކުން ރަށަށް ބޭނުންވާ ތަކެތި އަންނަނީ ސީދާ ގެއާ ހަމައަށް ގެންގޮސް ދެމުންނެވެ. މި ރަށުގައި ބަލި ފެތުރުނީ ތިން ގެއެއްގަ އެވެ. އެއީ ޖުމްލަ 11 މީހެކެވެ. އެ އެންމެންނަކީ ވެސް ކައްޕިއާ އެކި ގޮތްގޮތުން ގުޅުން އޮންނަ ނޫނީ އާއިލާ މީހުންނެވެ.

މި ރަށު ޓާސްކް ފޯހުގެ ވެރިޔާ، މޫސަ "ސަން" އަށް ވިދާޅުވެފައިވާ ގޮތުގައި، ކައްޕި ޕޮޒިޓިވްވީ ހިސާބުން އޭނާއާ ދިމާވި އެންމެން އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކޮށް ގޭގައި އައިސޮލޭޓްވީ އަމިއްލަ އަށެވެ. އެންމެން ވެސް ފަރުދީ ޒިންމާ އަދާކުރި އެވެ. ބަލި ފެތުރިދާނެ ކަންކަން ނުކުރުމަށް އިރުޝާދު ދިނުމުން ރައްޔިތުން އެގޮތަށް އަމަލު ކުރި ކަމަށް މޫސަ ވިދާޅުވި އެވެ. ބަލި ޖެހުނު މީހުންނާއި އެ މީހުންގެ އާއިލާތަކަށް ރަށު މީހުންގެ ފަރާތުން އެހީތެރިވެ، އެ މީހުންގެ ހިތާމައިގައި ބައިވެރިވި އެވެ.

"ރަށުގެ ހުރިހާ މަގުތަކެއް މުޅި ރަށް އޮތީ އެއްކޮށް ފަޅުވެފައި. އަޅުގަނޑުމެން ދަރުމައަށް ގޭގައަށް ފޯރުކޮށްދޭން ޖެހޭ ތަކެތި ފޯރުކޮށްދޭން ކައުންސިލުން ނެެރެގެން އުޅޭ ދަރުމައަށް މަސައްކަތް ކުރާ ބޭފުޅަކު ފިޔަވައި އިތުރު އެއްވެސް މީހަކު މަގުމަތިން ނުފެންނާނެ. ހުރިހާ އެންމެން އެ ތިބީ ގެއަށް ވަދެ ގޭގައި މިވަގުތު. ވަރަށް ބަސް އަހާ ވަރަށް ކިޔަމަންތެރި ރައްޔިތުންކޮޅެއް އަޅުގަނޑުމެންނަށް ފާހަގަވެގެން ދަނީ،" މޫސަ ވިދާޅުވެފައިވެ އެވެ.

އަހަންނަށް އެއްކުރެވުނު ފޮޓޯތަކުން މޫސަގެ ވާހަކައަށް ހެކިދެ އެވެ. ބައެއް މަގުތަކުން ހިނގާލާފައި ދާއިރު މި އުޅެވެނީ ފަޅުރަށެއްގައޭ ވެސް ހިތަށް އެރިފަހަރުތައް ދިޔަ އެވެ. އެހާވެސް ބޮޑަށް މި ރަށަށް ވަނީ ހިމޭންކަން ވެރިފަ އެވެ. ކުރިން އޮތް ދިރުން ގެއްލި، މުޅި ރަށަށް ވެރިވެފައި ވަނީ ހިމޭންކަމުގެ ސާލެކެވެ. އެންމެންގެ ހިތާމައަކީ، އާއިލީ ގޮތުން ގާތް ތިމާގެކަން ނެތަސް، ރަށުގެ ބަޔަކު މި ނުރައްކާ ރޯގާގެ ޝިކާރައަކަށް ވުމެވެ.

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި ރަށުގެ ރައްޔިތުންނަކީ، ދަނޑުވެރިކަމުން އާމްދަނީ ހޯދަމުން އައި ބައެކެވެ. ހާއްސަކޮށް ރޯދަމަހާ ދިމާކޮށް އެ މީހުން ހައްދާ ތަކެތި މާލެ ފޮނުވައިގެން ރަނގަޅު އާމްދަނީއެއް ހޯދި އެވެ. އެކަމަކު މިފަހަރު ކަންދިމާކުރި ގޮތުން ދަނޑުތަކަށް ވެސް ރަނގަޅަށް އަޅާ ނުލެވި ރަނގަޅު އާމްދަނީއެއް ވެސް ރަށަކަށް ނުހޯދުނެވެ. މި ރަށުގެ ބައެއް ދަނޑުވެރިން ބުނި ގޮތުގައި ގޭގައި ތިބެން ޖެހުމުން ދަނޑުތަކަށް ވެސް ރަނގަޅަށް އަޅައެއް ނުލެވެ އެވެ. ބައެއް ދަނޑުތަކުގައި އެއްޗިހި ފާވެ، ހަލާކުވެސް ވެފައި ހުއްޓެވެ. އަދި ނަރުދުއަށް ދަތުރުކުރުން ހުއްޓިފައި ވާތީ، ތަކެތި ރަށުން ބޭރަށް ވިއްކޭނޭ މަގުތައް ވެސް އޮތީ ބަންދުވެފަ އެވެ.

ނަރުދޫގެ ދަނޑުތައް އަޅާ ނުލާ ދޫކޮށްލާފައި: ފުރަބަންދާ ހުރެ އެންމެ ބޮޑު ގެއްލުމެއްވީ ރަށުގެ ދަނޑުވެރިންނަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނަރުދޫގެ ދަނޑުތަކެއް: ފުރަބަންދާ އެކު ނަރުދޫ ދަނޑުވެރިން ތިބެން ޖެހުނީ ހުސްއަތާ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނަރުދޫއަށް ބޮޑު އާމްދަނީއެއް ލިބެމުން އައި ދަނޑުވެރިކަން: ނަމަވެސް ފުރަބަންދާ އެކު އެ އާމްދަނީ ވަނީ ހުއްޓިފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި ހުރިހާ ތަކުލީފަކާ އެކުވެސް މި ރަށުގެ ރައްޔިތުން އުންމީދު ގެއްލުވައެއް ނުލަ އެވެ. މުސްތަގުބަލަށް ޓަކައި އެ މީހުން ދެކޭ ހުވަފެންތައް ގިނަ އެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހަދަން މި ރަށުގެ އެންމެން ބޭނުންވާ ކަމުގެ އެންމެ ބޮޑު ދަލީލަކީ ސިއްހީ މާހިރުންގެ ބަސް މި ރަށުގެ ރައްޔިތުން އަހާލެއް ބޮޑުކަމެވެ. ކުޑަ އާބާދީއެއް ނަމަވެސް މި ރައްޔިތުންގެ ހޭލުންތެރިކަން ބޮޑެވެ. މި ރަށުން ބަލި ޖެހުނު މީހުން މިވަގުތު ތިބީ، ކަރަންޓީނަށް ރަށުން ބޭރުގަ އެވެ. އެ މީހުން ތިބީ ބަލި ރަނގަޅުވުމުގެ މަގުމަތީގަ އެވެ. އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މި ރަށުގެ ޓާސްކް ފޯހުން ބުނެ އެވެ.

މި ރަށުތެރެ ބަލައިލަން އަހަންނަށް ލިބުނު 30 ހަކަށް މިނެޓް މިހަމަވީ އެވެ. މި ރަށުން ފައިބައިގެން އަހަރެން މިދަނީ އަދި މިރަށަށް އާދެވޭނެ ކަމުގެ އުންމީދުގަ އެވެ. މި ރަށުގެ ރައްޔިތުންނެކޭ އެއްގޮތަށް އަހަރެންގެ އުންމީދަކީ ވެސް ދެން އަންނަ ދަތުރަކަށް ހާލަތު ބަދަލުވެ، ތަފާތު ފޮޓޯތަކެއް އަހަރެންގެ ކެމެރާގައި ރައްކާކުރުމެވެ. އަހަރެން އަޖައިބުވީ ކަމަކީ މި ރަށުގެ ރައްޔިތުންގެ ކެތްތެރިކަމެވެ. ޝަކުވާއެއް ނެތި، މި ހާލަތުން އަރައިގަންނަން މި ކުޑަކުޑަ ނަރުދޫވީ ގުރުބާނީން އަހަރެން އަޖައިބު ކޮށްފި އެވެ. މިއީ އެެހެން ރަށްރަށުން ބަލައިގަންނަންވީ ރީތި ފުރިހަމަ ނަމޫނާ އެކެވެ.

comment ކޮމެންޓް