20،310 ކިލޯގެ ކާގޯ ހިފައިގެން މޯލްޑިވިއަން ރާއްޖެއަށް

އިންޑިއާގެ ޓްރިވެންޑްރަމް އިން 20،310 ކިލޯގެ ޕެރިޝަބަލްސް އާއެކު މޯލްޑިވިއަންގެ ފްލައިޓެއް ރާއްޖެއަށް ދަތުރު ފަށައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ މިއީ މިހާތަނަށް އެ އެއާލައިނުން އެންމެ ގިނަ އަދަދެއްގެ ކާބޯތަކެތި ރާއްޖެ ގެންނަ ފަހަރު ކަމަށެވެ.

މިކަމުން ދޭހަވަނީ ރާއްޖޭގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކާބޯތަކެތި ލިބުން ކަށަވަރުކުރުމަށް މޯލްޑިވިއަންގެ ޓީމުތަކުން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

މޯލްޑިވިއަން އިން ދަނީ ރާއްޖެއިން ބޭރުން ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް ކާގޯ ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން އިންޑިއާ، ލަންކާ، ތައިލެންޑް އަދި ޔޫއޭއީ އިން މުދާ ގެނައުމަށް ފްލައިޓުތައް ބާއްވައެވެ.

އަދި ރަށްރަށަށް ބޭނުންވާ މުދާ ގެންދިޔުމުގައި ހުރި ދަތިތަކުގެ ސަބަބުން ދިމާވާ މައްސަލައަށް ހައްލު ހޯދުމަށް މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިނުގެ ބޯޓުތަކުގައި ކާގޯ ދަތުރުތައް ބާއްވަމުންނެވެ.

comment ކޮމެންޓް