އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް ބަހައްޓައިފި

އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ޕީސީއާރު މެޝިން އިންސްޓޯލް ކުރަނީ --- ފޮޓޯ: އޭޑީކޭ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް އިންސިޓޯލްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އާއި ފުލުހުންގެ ފޮރެންސިކްގައި ހުންނަ މެޝިނަކުން އެކަންޏެވެ.

އެޑީކޭގެ ޖެނަރަލް މެނޭޖަރ އަހްމަދު އައްފާލް 'ސަން' އަށް ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ޕީސީއާރު ސިސްޓަމެއް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ފަރާތުން އެ ހޮސްޕިޓަލަށް ގެނައިސްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ކަމަށެވެ.

އާންމު އުސޫލުން ނަމަ އެ ފަދަ މެޝިންތައް ގެންނައިރު އިންސްޓޯލްކޮށް މުވައްޒަފުން ތަމްރީންކޮށްދިނުމަށް ޓެކްނިކަލް މީހުން އަންނަ ކަން އައްފާލް ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާރުގެ ހާލަތުގެ ހުރިގޮތުން ބޭރުން ޓެންނިކަލް މީހުން އާދެވިފައިނުވާ ކަމަށް އައްފާލު ވިދާޅުވި އެވެ.

އެހެންކަމުން ޓްރެއިނިން މަރުހަލާ ވެސް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ކަން އައްފާލް ވަނީ ފާހަގަކުރައްވާފަ އެވެ.

"މިހާރު ކުރިއަށް އެ ދަނީ އިންސްޓޮލޭޝަން އެންޑް ޓްރެއިިނިން މަރުހަލާ. މި ބަލަނީ އަންނަ ހަފްތާގައި ޓެސްޓް ހަނދަން ފެށޭނެ ކަމަށް،" އައްފާލް ވިދާޅުވި އެވެ.

އޭޑީކޭ އިން އަލަށް އިންސްޓޯލް ކުރާ ޕީސީއާރު މެޝިނުން ކޮވިޑް-19 ގެ 500 ޓެސްޓް ދުވާލެއްގެ މައްޗަށް ހެނދޭނެ ކަން އައްފާލް ފާހަގަކުރެއްވި އެވެ. އަދި މެޝިނާއި އެކު ވެސް ކޮންމެވެސް ވަރަކަށް ޓެސްޓް ކިޓް ލިބިފައިވާ ކަމަށް ވެސް އައްފާލު ވިދާޅުވި އެވެ.

މުސްތަގްބަލްގައި އޭޑީކޭ އިން އިތަރަށް ޓެސްޓް ކިޓް ގެނައުމުގެ މަސައްކަތް ކޮށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަން އައްފާލު ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ގިނަ އަދަދަކަށް ޓެސްޓް ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށް ޑރ. ޝިނާ މޫސާ ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން ބަލި ޖެހި މުޖުތަމައުތެރޭގައި ވެސް އެތައް ބަޔަކު އުޅެދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ.

comment ކޮމެންޓް