ހެރެތެރެ ރިސޯޓުގައި ކަރަންޓީނު ކުރި ފަސް މީހަކު ފިލައިފި

އައްޑޫ ހެރެތެރެ ރިސޯޓު --

އައްޑޫ ހެރެތެރެ ރިސޯޓުގައި ކަރަންޓީނު ކުރި ފަސް މީހަކު ފިލައިފި އެވެ.

ފުލުހުން ބުނީ، ހެރެތެރެ ކަރަންޓީނު ފެސިލީޓީގައި ތިބި މީހުންގެ ތެރެއިން ފަސް މީހަކު ފިލާފައިވާކަމުގެ މައުލޫމާތު މިއަދު އިރު އޮއްސުނު އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ފިލާފައި ވަނީ ފަސް ދިވެހީންނެވެ. އޭގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާ ކަމަށާއި، އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީނު ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން ކަރަންޓީނު ކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ދެއްވައިފައެވެ.

ކަރަންޓީނު ފެސިލިޓީއަކުން ފަސް މީހަކު ފިލައިފައިވާއިރު، އެޗްޕީއޭއިން އަންގާފައިވާ ގޮތާ ހިލާރަށް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ހުއްދައާ ނުލައި ދަތުރު ކުރާ މީހުންވެސް ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.

comment ކޮމެންޓް