އައިޖީއެމްއެޗަށް ވިހަން ގެންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗް: --- ސަން ފައިލް ފޮޓޯ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ވިހަން ގެންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މާބަނޑު މީހާ ޕޮޒިޓިވްވީ އައިޖީއެމްއެޗަށް ވިހަން ގެންދާ އެންމެން ޓެސްޓްކުރާ އުސޫލުގެ ދަށުން ޓެސްޓް ކުރުމުންނެވެ.

މިއަދު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން އިއުލާންކުރި މީހުންގެ ތެރޭގައި އެމީހާ ހިމެނެއެވެ. ހަމަޖެހިފައިވާ އުސޫލުގެ ދަށުން އޭނާ މިހާރު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 618 އަށް އަރާފައެވެ.

comment ކޮމެންޓް