އަނުޝްކާ ޕްރޮޑިއުސްކުރާ ސީރީޒެއް އެމެޒޯން އަށް

ވެބް ސީރީޒްގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާ ޕްރޮޑިއުސްކުރާ ވެބް ސީރީޒްް "ޕަޓާލް ލުކް" އެމެޒޯން ޕްރައިމް އިން ސްޓްރީމްކުރަން ނިންމައިފިއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ އެ ސީރީޒްއަކީ ތްރިލާ ޖޯންރާގެ ސީރީޒެއްކަމަށް ޚަބަރުތައް ބުނެއެވެ. ވެބް ސީރީޒް ޑައިރެކްޓްކުރަނީ "އެންއެޗް10" އާއި ސުދިޕް ޝަރުމާ ގުޅިގެންނެވެ. ފިލްމުގެ ޓީޒާއެއް މިހާރު ޔޫޓިއުބްގައި އާންމުކޮށްފައިވާއިރު އަނުޝްކާ ބުނީ މި ސީރީޒް އަކީ ވަރަށް ތަފާތު ސަޅި ސީރީޒެއްކަމަށެވެ. އަދި އެހެނިހެން ސީރީޒްތަކާއި މި ސީރީޒް ވަރަށް ބޮޑުތަން ތަފާތުވާނެ ކަމަށެވެ.

ވެބް ސީރީޒްގެ ޓީޒާއިން މާގިނަ ކަންތައްތަކެއް ދޭހަ ނުވި ނަމަވެސް އެ ޓީޒާ ޝައުގުވެރިއެވެ. ސީރީޒަކީ ދިއްލީގައި ތައްޔާރުކޮށްފައިވާ އިންވެސްޓިގޭޝަން ޑްރާމާއެކެވެ.

ބަތަލާ އަނުޝްކާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެންދިޔައީ ޝާހްރުކްޚާން އާއެކު ފިލްމު "ޒީރޯ" އިންނެވެ.

comment ކޮމެންޓް