މޯނީގެ ހަތަރު އަހަރުވީ ކައިވެނި ރޫޅުނުކަން އިއުލާނުކޮށްފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި މޯނީ ރޯއި އާއި އޭނާގެ ފިރިމީހާ ސޫރަޖް ނަމްބިއާގެ ކައިވެނި ރޫޅިފައިވާކަން ދެމީހުން އެއްބަސްވެގެން ނެރުނު ބަޔާނެއްގައި ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ދެމީހުންގެ ކައިވެނި ރޫޅުނު ނަމަވެސް އެކުވެރިކަން ދަމަހައްޓާނެކަމަށާއި، ދޮގު ޚަބަރުތައް ނުފެތުރުމަށް އެދިފައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކައިވެނި ރޫޅެން މެދުވެރިވީ ސޫރަޖްގެ ބޭވަފާތެރިކަމާއި ފައިސާގެ މައްސަލަތަކަކާ ހުރެއެވެ. މޯނީގެ އާ ފިލްމެއް އަންނަ މަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ.

  • މޯނީ ރޯއި އާއި ސޫރަޖް ނަމްބިއާގެ ކައިވެނި ރޫޅުނުކަން އިއުލާނުކުރުން
  • ދެމީހުންގެ އެއްބަސްވުމާއެކު ކައިވެނި ރޫޅާލި ނަމަވެސް އެކުވެރިކަން ދެމެހެއްޓުން
  • ސޫރަޖް އެހެން އަންހެނަކާ ގުޅުން ބޭއްވިކަމަށް މީޑިއާއިން ތުހުމަތުކުރުން
  • މޯނީގެ ފައިސާއަށް ސޫރަޖް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުތައް ފެތުރުން
  • މޯނީގެ އާ ފިލްމެއް އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވުން

އިންޑިއާގެ ޓެލެވިޒަން ދާއިރާގައި މަސައްކަތްކޮށް ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ މޯނީ ރޯއިގެ ކައިވެނި ރޫޅިފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މޯނީއާއި ފިރިމީހާ ސޫރަޖް ނަމްބިއާގެ ފަރާތުން ރޭގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކައިވެނި ރޫޅާލަން ނިންމީ ދެ މީހުން އެއްބަސްވެގެން ކަމަށެވެ. ދެ މީހުންގެ ކައިވެނި ރޫޅުނު ނަމަވެސް އަބަދު ވެސް އެކުވެރިކަމުގެ ގުޅުން ދަމަހައްޓާނެ ކަމަށް މޯނީއާއި ސޫރަޖްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދެ މީހުންގެ ކައިވެންޏާ ގުޅިގެން މީޑިއާތަކުންނާއި އެހެނިހެން ފަރާތްތަކުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމަށާއި އެފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް މޯނީއާއި ސޫރަޖް ވަނީ އެދިފައެވެ. އަދި, ހަމައެއާއެކު ދެ މީހުންނަށް ޕްރައިވެސީ ދީ, އެ ނިންމުމަށް އިހުތިރާމުކުރުމަށް މީޑިއާގެ ކިބައިން ވަނީ އެދިފައެވެ.

މޯނީއާއި ސޫރަޖްގެ ކައިވެނި ރޫޅާލިކަން ރަސްމީކޮށް އިއުލާނުކުރީ ދެ މީހުންގެ ކައިވެނީގައި މައްސަލަޖެހިގެން އުޅޭކަމުގެ ޚަބަރުތައް މީޑިއާތަކުން ރިޕޯޓުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މޯނީ އާއި ސޫރަޖްގެ ކައިވެނި ރޫޅެން މެދުވެރިވީ ސޫރަޖް ކައިވެނިން ބޭރުން އެހެން އަންހެންކުއްޖަކާ އެކު ލޯބީގެ ގުޅުމެއް ބޭއްވުމުންނެވެ. ހަމައެއާއެކު މޯނީއަށް ފިލްމީ ދާއިރާގައި ލިބެމުން އަންނަ މަޝްހޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައި މޯނީގެ ފައިސާއަށް ވެސް ސޫރަޖް ޚިޔާނާތްތެރިވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

މޯނީ އާއި ސޫރަޖް--ފޮޓޯ/އެންޑީޓީވީ

ދުބާއީގައި އަމިއްލަ ވިޔަފާރިއެއް ހިންގަމުން އަންނަ ޒުވާން ވިޔަފާރިވެރިޔާ ސޫރަޖާއި މޯނީ ކައިވެނިކުރީ މީގެ ހަތަރު އަހަރު ކުރިން 2022 ޖެނުއަރީ 27 ގައެވެ.

މޯނީ ވަނީ ކައިވެނީގެ ކުރިން ޓެލެވިޒަން އެކްޓަރު ގޯރަވް ޗޯޕްރާއާ އެކު ސީރިއަސް ލޯބީގެ ގުޅުމެއް ބާވާފައެވެ. ނަމަވެސް އެ ގުޅުން މާގިނަ ދުވަހު ދެމި ނޯވެ ދެ މީހުން ވަނީ ވަަކިވެފައެވެ.

ކަލަސް ޗެނަލުން ގެނެސްދިން މަޝްހޫރު ޑްރާމާ ސީރީސް "ނާގިން"ގެ ބަތަލާއަކީ މިހާރު ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރަމުން އަންނަ ތަރިއެކެވެ. މޯނީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"އިންނެވެ.

comment ކޮމެންޓް