"ހައި ސްކޫލް މިއުޒިކަލް" ކާސްޓް ރީޔޫނިއަންއަކަށް

ހައި ސްކޫލް މިއުޒިކަލް ގެ ކާސްޓުން---

ގިނަ ދިވެހިންގެ ވެސް ހިތް އަތުލާފައިވާ ފްރެންޗައިޒް "ހައި ސްކޫލް މިއުޒިކް" ކާސްޓުވެސް ރީޔޫނިއަނެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފިއެވެ.

އެ ރީޔޫނިއަންގައި ހައި ސްކޫލުގެ ކާސްޓުން ކަމަށްވާ ޒެކް އެފްރޯން، ވެނިސާ ހެޑްސަން، އޭޝްލީ ޓިސްޑޭލް، ލޫކަސް ގްރެބީލް، ކޯބިން ބްލޫ އަދި މޮނީކް ކޯލްމެން ވެސް ބައިވެރިވާނެ ކަމަށެވެ.

އޭޝްލީ ޓިސްޑޭލް އިންސްޓަގްރާމްކުރި ޕޯސްޓެއްގައި ބުނީ "ފައިނަލީ އިޓްސް ހެޕަނިން" ކަމަށެވެ. އަދި ހުރިހާ ތަރިން އެއްތާކުން ބައްދަލުކުރަން ނިންމާފައިވާކަމަށެވެ. އޭޝްލީ ބުނީ އޭނާ ބޭނުންވަނީ ހުރިހާ އެންމެންނަށް ވެސް އެ ވަގުތުކޮޅު އުފާވެރި ވަގުތުކޮޅަކަށް ހެދުންކަމަށެވެ.

"ހައި ސްކޫލް މިއުޒިކަލް" ގެ ފުރަތަމަ ފިލްމެއް ނުކުތީ 2006 ގައެވެ. އޭގެ ދެވަނަ ފިލްމު 2007 ވަނަ އަހަރު ގެނެސްދިންއިރު ތިންވަނަ ފިލްމެއް އާންމުންނާ ހަމައަށް އައީ 2008 ވަނަ އަހަރުގައެވެ.

comment ކޮމެންޓް