މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި

ތިލަޔަކަށް އެރި ދޯނި -- ފޮޓޯ: އެމްއެންޑީއެފް

ފަސް މީހުންނާ އެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ތިލަޔަކަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ "އެޑަމް60" ނަމަކަށް ކިޔާ ދޯނި "ތިލަޔަކަށް" އަރާފައިވާކަމުގެ ރިޕޯޓު މިއަދު 6:40 ހާއިރު ލިބިފައިވާ ކަމަށެވެ.

ހާދިސާގެ ރިޕޯޓު ލިބުމާ އެކު އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ތިލަޔަށް އެރި ދޯނީގައި ތިބީ ދިވެއްސަކާއި ހަތަރު ބިދޭސިންނެވެ. މި ދޯންޏަކީ ގދ ފަރެސްމާތޮޑާ އިން ފުރައިގެން ގއ. ނިލަންދޫ އަށް ދަތުރުކުރި ދޯންޏެކެވެ.

ދޯނީގައި ހުރި މުދަލާ ބެހޭ މައުލޫމާތެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރއެވެ.

comment ކޮމެންޓް