ޓްރީޓޮޕުން ނަރުހުންގެ އަގު ވަޒަންކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ ނަރުސް، މާކް ބްރާވޯ

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުންގެ އަގު ވަޒަންކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން އެ ހޮސްޕިޓަލުން ވަނީ ދުނިޔެ މިހާރު މިދެކޭ ޒަމާނީ ނަރުހުންގެ ހިދުމަތުގެ ބާނީ އެއްގޮތުގައި މަޝްހޫރުވެފައިވާ ފްލޮރެން ނައިޓިންގޭލްގެ ހަނދާނީ އެވޯޑް ދީފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނަރުހުންގެ ތެރެއިން ހޮވާ ނަރުހަކަށް ދޭ "ފްލޮރެންސް ނައިޓިންގޭލް އެވޯޑް" މި އަހަރު ލިބިފައިވަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ ނަރުސް، މާކް ބްރާވޯ އަށެވެ.

މި އެވޯޑް އޭނާއަށް ހަވާލު ކޮށްފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަހަރީ ފާހަގަކުރުމަށް މިދިޔަ މަހު ބޭއްވި ހަފްލާގައެވެ.

މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރަކީ ނަރުހުންނާއި ފޫޅުމައިންގެ ހިދުމަތުގެ އަގުވަޒަންކޮށް، މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނާސިން ޑިރެކްޓާ ޑރ. ރެނޭ ރެންސްބާގް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ދުނިޔޭގެ ހުރިހާ ނަރުހުންނާއި ފޫޅުމައިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ. އަދި އިންސާނިއްޔަތަށްޓަކައި ނަރުހުންނާއި ފޫޅުމައިން ކުރާ އަގު ހުރި ހިދުމަތުގެ އަގު ވަޒަންކޮށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް