ކޮރޮނާ ވައިރަސް: ސާކް ޑިވޮލޮޕްމަންޓް ފަންޑުން ފަސް މިލިއަން ޑޮލަރު ދެނީ

ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނަރޖީ ރެގިއުލޭޓަރސް ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސާކް ޑިވޮލޮޕްމަންޓް ފަންޑުން ފަސް މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

އެ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް ފެތުރުން ހުއްޓުމަށް ހިންގާ ޕްރޮޖެކްޓްތަކަކެވެ.

ސާކް ޑިވޮލޮޕްމަންޓް ފަންޑްގެ ޗީފް އެގްޒެކިއުޓިވް ސުނިލް މޮޓިވާލް ވިދާޅުވީ އެ ފަންޑުން ސާކްގެ މެމްބަރު ގައުމުތަކަށް އެހީވެ އެގައުމުގެތަކުގެ އިގްތިސޯދަށް އަންނަ ލޮޅުންތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އެގޮތުން ގައުމުތަކުގެ ފަގީރުކަން ނައްތާލައި ތައުލީމާއި ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތްތައް އިތުރުކޮށް ކުދި ވިޔަފާރިތައްް ކުރިއެރުވުމަށް އެހީތެރިވެދޭނެ އެވެ.

އެސްޑީއެފްއިން މިހާރުވެސް ވަނީ 198 މިލިއަން ޑޮލަރުގެ 90 ޕްރޮޖެކްޓްތައް ހިންގަމުންނެވެ.

ސާކްގެ ގައުމުތަކުގައި އަށް ގައުމު ހިމެނެ އެވެ. އެ ގައުމުތަކުގެ ތެރެއިން ކޮރޯނާގެ 8,282 ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ 4500 ކޭސްއާއި ޕާކިސްތާނުގެ 3403 ކޭސްގެ އިތުރުން އަފްގާނިސްތާނުގެ 299 ކޭސްގެ އިތުރުން ލަންކާގެ 178 ކޭސް ހިމެނެ އެވެ. އަދި ބަންގްލަދޭޝް އިން 88 ކޭސްއާއި ނޭޕާލްގެ ނުވަ ކޭސްއާއި ބޫޓާންގެ ފަސް ކޭސް ހިމެނެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފަިއވާ 19 މީހަކު ވަނީ ފެނިފަ އެވެ.

ކޮވިޑްއާ ގުޅިގެން އިންޑިއާ އަދި ލަންކާ މިހާރު އޮތީ ލޮކްޑައުންގައެވެ.

comment ކޮމެންޓް