ރިސޯޓެއްގެ މުދިމަކު ގެއްލިގެން ހޯދަނީ

ޖޭޑަބްލިއު މެރިއޮޓް ރިސޯޓު ތަރައްގީކުރި ށ. ވަގަރު

ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މުދިމު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އޭނާ ގެއްލުނު ކަމުގެ ރިޕޯޓް ސިފައިންނަށް ލިބުނީ މިރޭ 22:13 އެހައިކަންހާއިރު ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ރިސޯޓުގެ ސީސީޓީވީ ފްޓޭޖުން އެމީހާ ފޯނު ކޯލެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާތަން ފެނެއެވެ.

އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެ މީހާ ހޯދުމުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ކޯސްޓް ގާޑުގެ ސްކްއަޑްރޮން ގެ ޑައިވަރުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް