އަށް މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

ގދ. މާވާރުލު ފަރަށް މިއަދު އެރި "އަލްމާ" ބޯޓު --- ފޮޓޯ : އެމްއެންޑީއެފް

އަށް މީހުންނާއެކު މާލެއިން ފުރައިގެން ދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ "އަލްމާ" ނަމަކަށް ކިޔާ ބޯޓު ދަތުރުކޮށްފައިވަނީ މާލެއިން އައްޑޫ ސިޓީއަށް ކަމަށެވެ.

އެ ބޯޓު ފަރަށް އަރާފައިވަނީ ގދ. އަތޮޅު މާވާރުލު ކައިރިއަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ގދ. ގައްދޫ ކައުންސިލު މެމްބަރު އާމިރު އަބްދުﷲ 'ސަން' އަށް ވިދާޅުވީ މިއަދު ފަރަށް އަރާފައިވަނީ އައްޑޫގެ މުދާ އުފުލާ ބޯޓެއް ކަމަށެވެ.

ރަށުގެ ރައްޔިތުންނާއި ފުލުހުން އަދި ސިފައިން ގުޅިގެން މިހާރު މަސައްކަތްކުރަމުން ދަނީ އެ ބޯޓުގައި ހުރި މުދާތައް ރަށަށް އެރުވުމުގެ މަސައްކަތް ކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ އެ ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތަށް ގިނަ ޕަމްޕުތަކެއް ބޭނުންކުރާ ކަމަށެވެ.

ފަރަށް އެރި ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އާމިރު ވިދާޅުވިއެވެ.

comment ކޮމެންޓް