އެޗްޕީއޭއިން އެދިއްޖެނަމަ ކޮވިޑަށް ޓެސްޓްކުރަން ރައީސް ނަޝީދު ހުންނެވީ ތައްޔާރަށް: މަޖިލިސް

މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެދިއްޖެނަމަ ކޮވިޑް-19 އަށް ޓެސްޓްކުރަން ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.

އިނގިރޭސިވިލާތުން ދާދި ފަހުން އައި ތިން ދިވެހިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްފައެެވެ. އެގައުމަކީ މިހާރު އެންމެ ހަލުވި ކަމާއެކު ކޮވިޑް 19 ފެތުރެމުންދާ އެއްގައުމުވެސް މެެއެވެ. ދާދި ފަހުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ ކޮވިޑްއަށް ޕޮޒިޓިވްވެފައެވެ.

މިމަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން މިހާރު ވަނީ ނިންމާފައިވައެވެ.

ރައީސް ނަޝީދު މިމަހު 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރެއް ކުރެއްވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދު އެ ދަތުރުކުރެއްވި ދުވަސްވަރު އިނގިރޭސިވިލާތުން ރާއްޖެ އަންނަ ހުރިހާ އެންމެން ކޮވިޑްއަށް ޓެސްޓެއް ނުކުރެއެވެ.

"އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެދިވަޑައިގަންނަވާ ގޮތަކަށް އަމަލުލުރައްވަން ތައްޔާރަށެވެ." މަޖިލިސްއިން މިރޭ ނެރުނު ބަޔާނުގައިވެއެވެ.

comment ކޮމެންޓް