ކީގޯސްގެ މީރު ރަހަތައް މިހާރު ގެއާ ހަމައަށް ގެންގޮސްދޭނެ

ކީގޯސް ކެފޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމުންގެ މެދުގައި މަގުބޫލު ކީގޯސް ކެފޭ އެންޑް ރެސްޓޯރަންޓުން ޑެލިވަރީގެ ހިދުމަތް ފަށައިފިއެވެ.

މިއީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށްޓަކައި ސަރުކާރުގެ އެންގުމަށް މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރަންޓުތަކުން ޑައިން-އިން ހިދުމަތް ދިނުން ހުއްޓާލަން އެންގުމާ ގުޅިގެން ކީގޯސްގެ ރަހަތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ފެށި ހިދުމަތެކެވެ.

ސަރުކާރުގެ އެ އެންގުމާއެކު ކީގޯސް ކެފޭ އެންޑް ރެސްޓޯރަންޓުން މި މަހުގެ 21ވަނަ ދުވަހު ޓޭކްއަވޭގެ ހިދުމަތް ވެސް ވަނީ ފަށާފައެވެ.

ކީގޯސްއިން ޑެލިވަރީއަށް ހާއްސަ މެނޫއެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

ކީގޯސްގެ ޑެލިވަރީ މެނޫ--

"ޑެލިވަރީއާއި ޓޭކްއަވޭގެ ހިދުމަތް މިދެނީ ކޮންމެ ދުވަހަކުވެސް މެންދުރު 12:00 އާ ރޭގަނޑު 11:00 ދެމެދު. ފައިސާ ދައްކާލެވޭނެ ތިން ގޮތަކަށް. އެއީ ކޭޝް، ކާޑު އަދި އެކައުންޓް ޓްރާންސްފާ،" ކީގޯސްއިން ބުންޏެވެ.

ކީގޯސްއިން ބުނީ ކާބޯތަކެތި ތައްޔާރު ކުރުމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސާފުތާހިރުކަމަށް ކަމަށެވެ. އަދި ހުރިހާ އޯޑަރަކަށްވެސް ކާބޯތަކެތި ތައްޔާރުކުރާއިރު ކީގޯސްގެ ތަޖުރިބާކާރު ޝެފުން އެކަމަށް ހާއްސަ ސަމާލުކަމެއް އަބަދުވެސް ދޭކަމަށް ކީގޯސްއިން ބުނެއެވެ.

ކީގޯސްގެ ޓޭކްއަވޭ/ޑެލިވަރީ ހިދުމަތް ހޯދުމަށްޓަކައި އޯޑަރުކުރަން ގުޅަން ޖެހޭނީ 3331090 އަށެވެ.

ކީގޯސް ކެފޭ އެންޑް ރެސްޓޯރެންޓް ހުންނާނީ ރަށްދެބައިމަގު، ރާދަ ބުކްޝޮޕް ކުރިމަތީގައި އޮންނަ ހެލެނބެލިގޯޅީގައެވެ.

comment ކޮމެންޓް