ކޮރޯނާވައިރަސް ޖެހުނު އިތުރު މީހަކު ރަނގަޅު ވެއްޖެ

މާޗް 25، 2020: މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފެނުނު ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ އިތުރު މީހަކު ރަނގަޅުވެފައިވާކަން ޑޮކްޓަރުން އަނެއްކާ ވެސް މިރޭ އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ މިއަދުގެ ޕްރެސްގައި ވިދާޅުވީ، އައިޖީއެމްއެޗްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ ކޮރޯނާވައިރަހުގެ އިތުރު ބަލި މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ރަނގަޅުވިކަމަށް ނިންމަނީ ބަލީގެ އަލާމާތްތައް މީހާގެ ކިބައިން ފިލައި، ދެ ޓެސްޓް ނެގެޓިވް ވުމުން އެވެ.

އެހެންކަމުން، ރާއްޖޭގައި ކޮރޯނާވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ އަދަދު މި ވަނީ ހަތަރަކަށް ވެއްޓިފަ އެވެ. ރާއްޖެއިން ޖުމްލަ ފެނުނީ 13 މީހެކެވެ. ރަނގަޅުވި މީހުންގެ އަދަދު ނުވައަކަށް އެރީ އެވެ.

comment ކޮމެންޓް