ކޮވިޑް19 ޖެހިގެން އިންޑޮނީޝިއާގެ 6 ޑޮކްޓަރަކު މަރުވެއްޖެ

އިންޑޮނީޝިއާގެ ޑޮކްޓަރުންތަކެއް ކޮވިޑް19އަށް ފަރުވާ ދިނުމަށް ތައްޔާރުވާން ޑްރިލްއެއްގައި ބައިވެރިވަނީ--ފޮޓޯ/ ޖަކާޓާ ގްލޯބް

ޖަކާޓާ (މާޗް 23): އިންޑޮނީޝިއާގައި ކޮވިޑް19އަށް ޕޮޒިޓިވްވި ހަ ޑޮކްޓަރަކު އެ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް މަރުވެއްޖެ އެވެ.

އިންޑޮނީޝިއަން ޑޮކްޓާސް އެސޯސިއޭޝަން (އައިޑީއައި)އާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ ހަ ޑޮކްޓަރުންނަށް ވެސް ކޮވިޑް19 ޖެހުނީ އެ ބަލި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމުގައި ތެރޭގަ އެވެ.

އިންޑޮނީޝިއާ ސަރުކާރުން ބުނީ މިއީ އެގައުމަށް ލިބުނު ހިތާމައެއް ކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން އެހެން ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ފަސް ނުޖެހުމަށް ވެސް ގޮވާލާފައިވެ އެވެ.

އިންޑޮނީޝިއާގެ 34 ޕްރޮވިންސްގެ ތެރެއިން 20 ޕްރޮވިންސަކަށް ކޮވިޑް19 ވަނީ ފެތުރިފައެވެ. އެގައުމުން 686 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބަލި ޖެހިގެން 55 މީހުން ވަނީ މަރުވެފަ އެވެ. އަދި 30 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް