އޮޅުވެލީގައި މީހަކު މަރުވުމާއި ކޮވިޑް19 އާ ގުޅުމެއް ނެތް، އެއީ ގުދުރަތީ މަރެއް: ޕޮލިސް

އޮޅުވެލި ބީޗު ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް --

އޮޅުވެލި ރިސޯޓުގައި އިއްޔެ މީހަކު މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށާއި އެކަމާ ކޮވިޑް19 އާ ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އޮޅުވެލި ރިސޯޓުގައި މެރުވެފައި އޮއްވާ ފެނުނީ އެ ރިސޯޓުގައި މަސައްކަތް ކުރާ 53 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ ކޮޓަރި ތެރެއިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާއަކީ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއް ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ވެސް އެއްވެސް ކަހަލަ އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

"އެމީހާގެ ކުއްލި މަރާ ކޮވިޑް19 އާ ގުޅުމެއް އޮތް ކަމަކަށް ނުބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް ކުއްލި މަރުތަކާ ގުޅިގެން، ތަހުގީގުކޮށް ފުރިހަމަަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ ކަމަށެވެ.

comment ކޮމެންޓް