އާސިމާއި ހިމާންޝީގެ އާ ލަވައެއް!

ބިގްބޮސް 13 އިން ވިދާލި އާސިމް ރިއާޒާއި ހިމާންޝީ ކުރާނާގެ ވީޑިއޯ ލަވައެއް ދައްކާލައިފިއެވެ.

"ކައްލާ ސޯނާ ނައި" ނަމުން ނަންދީފައިވާ އެ ލަވައިން ފެނިގެންދަނީ އާސިމް އާއި ހިމާންޝީގެ ލޯބީގެ ދިރިއުޅުމެވެ. މި ދެތަރިންގެ ލޯބީގެ ވާހަކަ ބިގްބޮސްގެ ތެރެއިން ވެސް ވަނީ ދެކެވިފައެވެ. ނެހާ ކައްކަރުގެ އަޑުން އެ ލަވަ އިވިގެންދިޔައިރު އެ ލަވަ ޑައިރެކްޓްކޮށްފައިވަނީ ގްރިންދަރު ބާވާ އެވެ.

އާސިމް އާއި ހިމާންޝީގެ އެ ލަވައަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ދާދި ފަހުން ވަނީ އާސިމް އާއި ޖެކަލީން ގެ ވީޑިއޯ ލަވައެއް ވެސް ދައްކާލައިފައެވެ. އެ ލަވަ އަކީ "މެރޭ އަންގްނޭމޭ" އެވެ. އެ ލަވައަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ބިގްބޮސްގެ ރަނާއަޕް އާސިމަށް މިހާރު ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ސަލްމާން ހާންގެ "ކަބީ އީދު ކަބީ ދިވާލީ" ގެ ރޯލެއް ކުޅުމަށް އޭނާ ވަނީ މިހާރު ސޮއިވެސްކޮށްފައެވެ.

comment ކޮމެންޓް