އިސްލާމިކް ބޭންކުންވެސް ލިޔެކިޔުން ބަލައިގަންނާނީ މެއިލްގެ ޒަރިއްޔާއިން

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް: ކޮންމެހެން ހުށަހަޅަން ޖެހޭ ލިޔެކިޔުމެއް ނަމަ ހެޑް އޮފީހުގައި ހުންނަ ޑްރޮޕް ބޮކްސްއަށް ލުމަށް އެ ބޭންކުން ވަނީ އެދިފަ --- ސަން ފައިލް ފޮޓޯ

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 ފެތުރުމުން ރައްކާތެރިވުމުގެ ގޮތުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހުށަހަޅާންޖެހޭ އެކިއެކި ލިޔެކިޔުންތައް އީމެއިލްގެ ޒަރިއްޔާއިން ފޮނުވަން އެ ބޭންކުން އެދިއްޖެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ އެ ބޭންކަށް ފޮނުވާ ސިޓީއާއި އިންވޮއިސްގެ އިތުރުން ނޯޓިސްތަކާއި އެހެނިހެން ޑޮކިއުމެންޓުތަކާއި ލިޔެކިޔުންތައް، 23 މާޗު ވާ ހޯމަދުވަހުން ފެށިގެން ވަކި ގޮތަކަށް އަންގަންދެން އެ ބޭންކުން ބަލައިގަންނާނީ މެއިލްގެ ޒަރިއްޔާއިން ކަމަށެވެ.

ލިޔެކިޔުންތައް ފޮނުވަންޖެހެނީ [email protected] އަށެވެ.

އެހެން ނަމަވެސް ކޮންމެހެން ކަރުދާސް ކޮޕީ ހުށަހަޅަން ޖެހޭ ހާލަތްތަކުގައި އެ ބޭންކުގެ ހެޑް އޮފީހުގެ އޭޓީއެމް ސެންޓަރުގައި ހުންނަ ޑްރޮޕް ބޮކްސްއަށް އެތަކެތި ލުމަށް އެމްއައިބީން ވަނީ އެދިފަ އެވެ. ހެޑް އޮފީސް ހުންނާނީ މެދުޒިޔާރަތްމަގުގައި، ދަރުމަވަންތަ ސުކޫލް ކުރިމަތީގަ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން، 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ވަނީ ނިންމާފަ އެވެ. އެއާއި އެކު ޒަރުރީ ބޭނުމަށް ނޫނީ ބޭރުތެރެއަށް ނިކުމެ ނޫޅުމަށް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް