ކޮރޯނާވައިރަސް ޖެހި ރެއާލްގެ ކުރީގެ ރައީސް މަރުވެއްޖެ

ރެއާލް މެޑްރިޑް އާއި ޔުވެންޓަސް ކުޅުނު މެޗުގައި ލޮރެންޒޯ ސާންޒް --- ފޮޓޯ : އެމްއެސްއެން

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ޖެހި ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސާންޒް މަރުވެއްޖެ އެވެ.

އުމުރުން 76 އަހަރުގައި ސާންޒް މަރުވިކަން ރޭ އިއުލާންކޮށްފައިވަނީ އޭނާގެ ފިރިހެން ދަރިފުޅެވެ.

ސާންޒް ރެއާލް އާ ހަވާލުވެގެން ހުރީ 1995 އިން 2000 އާ ދެމެދުގަ އެވެ.

"އަޅުގަނޑުގެ ބައްޕަ ވަނީ މީގެ އިރުކޮޅެއް ކުރީން ނިޔާވެފައި. އަދިވެސް ގަބޫލުކުރަން ވަރަށް ދަތި. ވައިރަސްގެ ސަބަބުން ބައްޕަ ނިޔާވީ،" ސާންޒްގެ ދަރިފުޅު ލޮރެންޒޯ ސާންސް ޖޫނިއާ ވިދާޅުވި އެވެ.

ކުރީގެ ބާސްކެޓުބޯޅަ ކުޅުންތެރިޔެއް ކަމަށްވާ ލޮރެންޒޯ ޖޫނިއާ މީގެ ތިން ދުވަސް ކުރީން ވިދާޅުވެފައިވަނީ އޭނާގެ ބައްޕައަށް ވައިރަސް ޖެހިފައިވާ ކަމަށެވެ. އަދި ސްޕެއިންގެ ހޮސްޕިޓަލަކުން ލޮރެންޒޯއަށް ފޮރުވާ ދެމުން ގެންދާ ކަމަށް އޭނާގެ ދަރިފުޅު ހާމަކޮށްފައިވެ އެވެ.

ލޮރެންޒޯ ރެއާލްއާ ހަވާލުވެ ހުންނެވި ދައުރުގައި އެ ކްލަބުން ވަނީ ޗެމްޕިއަންސް ލީގުގެ ދެ ތަށި އުފުލާފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ސްޕެއިން އިން މިހާތަނަށް 1،320 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް