ގޫގަލް ކްލާސްރޫމަށް އަހުލުވެރިކަން ޕްރޮގްރާމްތައް ގެންދާނަން: އެޑިއުކޭޝަން

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޫލްތަކުން ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދިނުމަށް މިހާރު ބޭނުންކުރަންފަށައިިފައިވާ ގޫގަލް ކްލާސްރޫމްއަށް އަހުލުވެރިކުރުމަށް ބެލެނިވެރިންނަށާއި ދަރިވަރުންނަށް ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޓީވީ ޗެނަލްތައް މެދުވެރިކޮށް ގޫގަލް ކްލާސްރޫމްތަކަށް އަހުލުވެރިކުރަން ޕްރޮގްރާމްތައް ގެންދާނެ ކަަމަށެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ސްކޫލްތައް އަންނަ ހަފްތާއާ ހަމަައަށް ބަންދުކޮށްފައިވާއިރު ގްރޭޑް 10ގެ ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދެނީ ޕީއެސްއެމްގެ ޔެސް ޓީވީ މެދުވެރިކޮށެވެ. އަދި ދެން ހުރި ގްރޭޑްތަކަަށް މައިގަނޑު ގޮތެއްގައި ކިޔަވައިދެނީ ގޫގަލް ކްލާސްރޫމް މެދުވެރިކޮށެވެ.

ގޫގަލް ކްލާސްރޫމްއަށް ދަރިވަރުންނާއި ބެލެނިވެރިން އަހުލުވެރިކުރުވަން ޕްރޮގްރާމްތަކެއް ދުރަށް ދެއްކުމަށް ނިންމިއިރު ގޫގަލް ކްލާސްރޫމް ބޭނުންކުރުމުގައި ދަތިތަކެއް އުޅޭކަމަށް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

"ގޫގަލް ކްލާސްރޫމްއަށް ވަންނަން ލިންކެއް ހަމައެކަނި ފޮނުވީ ސްކޫލުން. ދެން އޭގައި ހުރި ފިލާވަޅުތައް ގޫގަލް ޑޮކްސް ބޭނުންކޮށްގެން ޓެބްލެޓްގައި ހަދާފައި މި ފޮނުވަންޖެހެނީ. ދެން ނޭނގެ އެ ގޫގަލް ޑޮކްސްތަކުގަ ލިޔާނެ ގޮތެއްވެސް" އަމީނިއްޔާގެ ބެލެނިވެރިއަކު "ސަން" އަށް ކިޔައިދިނެވެ.

އެހެން ބެލެނިވެރިއަކު ބުނީ ގޫގަލް ކްލާސްރޫމް ފަދަ ވަސީލަތްތަކަކީ ބެލެނިވެރިންވެސް އާ ވަސީލަތެއް ކަމަށާއި އަދި މަދުން ނަމަވެސް ބައެއް ބެލެނިވެރިންނަކީ ޓެކްނޮލޮޖީފަދަ ވަސީލަތްތަކަށް އާ މީހުން ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް ފިލާވަޅުތައް ރަނގަޅަށް ހެދުމުގައި އެޑިއުކޭޝަން މިިނިސްޓްރީއާއި ސްކޫލްތަކުގެ އެހީ އިތުރަށް ބޭނުންވާކަމަށް ފާހަގަކުރިއެވެ.

comment ކޮމެންޓް