މިވަގުތު މަޖިލިސް ބާއްވަން ޖެހޭ ސަބަބެއް ނެތް: މެމްބަރު އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން: މަޖިލިސް ބޭއްވުމަށް ނުފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައި --- މަޖިލިސް ފައިލް ފޮޓޯ

ކޮރޯނާވައިރަސް ފެތުރުމުގެ ނުރައްކާ އޮވެ، އިޖުތިމާއީ އެކަހެރިވުމަށް އިރުޝާދު ދީފައިވާ މި ހާލަތުގައި ރައްޔިތުންގެ މަޖިލިސް ބޭއްވުމުގެ ޒަރޫރަތެއް ނެތްކަމަށް އެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާލަތުގައި އިޖުތިމާއީ އެކަހެރިކަމަށާއި ގޭގައި ރައްކާތެރިވެ ތިބުމަށް ސިއްހީ މާހިރުން އިރުޝާދު ދެމުންދާ ދުވަސްވަރެއްގައި ރައްޔިތުންގެ މަޖިލިސް ބޭއްވުމުގެ ސަބަބެއް ނެތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާ ކޮމިޓީތައް ބާއްވައި، މީހުން ހާޒިރުކޮށް ހަދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ. މަޖިލިސް ބާއްވަންޖެހޭ ޒަރޫރަތެއް މިވަގުތަކު ނެތް،" މެމްބަރު އަލީ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާއަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާންކޮށްފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އާންމު އެއްވުންތައް ނުބޭއްވުމަށާއި ޕާކްތައް ފަދަ ތަންތަނަށް އެއް ނުވުމަށްވެސް އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން އެހެނިހެން ވަރުގަދަ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.

ރާއްޖެއިން 13 މީހުން ޕޮޒިޓިވްވީ ހަތަރު ރިސޯޓަކާއި އެއް ސަފާރީންނެވެ.

comment ކޮމެންޓް