އެޗްޑީސީން ދެން ހިދުމަތް ދޭނީ އަށަކުން ބާރައަށް

އެޗްޑީސީ-- ފައިލް ފޮޓޯ

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހިދުމަތް ދޭ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

އެޗްޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާދަމާއިން ފެށިގެން އެ ކުންފުނިން ހިދުމަތްދޭނީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށެވެ.

އެޗްޑީސީން ބުނީ ހުމާއި ރޯގާ ފަސޭހައިން ޖެހޭ މީހުންނަށް ގޭގައި ތިބެގެން މަސައްކަތްކުރުމުގެ އިންތިޒާމްވެސް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.

މުނިސިޕަލް ހިދުމަތްތަކަށް އެޗްޑީސީގެ "މައިޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިވުމުގެ ގޮތުން ގިނަ ކުންފުނިތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ އިޓަލީގެ ނުވަ މީހަކާއި ދެކުނު އެފްރިކާ މީހަކާއި އިނގިރޭސިވިލާތުގެ މީހަކާއި ޖަރުމަނު މީހެއްގެ އިތުރުން ތުރުކީ މީހެކެވެ.

comment ކޮމެންޓް