"ސަންދީޕް އޯރް ޕިންކީ ފަރާރް" އެޅުވުން ލަސްކޮށްފި

"ސަންދީޕް އޯރު ޕިންކީ ފެރާރް" ގެ ލީޑު ދެތަރިން...

މި މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ބޮލީވުޑް ފިލްމު "ސަންދީޕް އޯރު ޕިންކީ ފެރާރް" އެޅުވުން ލަސްކޮށްފިއެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަޅުވަން އުޅެފައި ތާރީހު ފަސް ކުރި އެ ފިލްމު މިފަހަރު ރިލީޒްކުރުން ލަސްކުރީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ސަބަބުންނެވެ.

ފިލްމު އެޅުވުން ކެންސަލްކުރިކަން ހާމަކޮށް ފިލްމުގެ ޓީމުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިވަގުތު ފިލްމު ރިލީޒްކުރުމަށް ވުރެއް މުހިންމީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.

އެންމެ ފުރަތަމަ 2018 ވަނަ އަހަރު ރިލީޒްކުރަން ނިންމި "ސަންދީޕް އޯރު ޕިންކީ ފެރާރް" އެޅުވުން ލަސްކުރި ހަބަރުތަކުން ބުނާގޮތުގައި މިހާރު ވަނީ އިންޑިއާގެ ގިނަ ސިނަމާތައް ބަންދުވެސް ކޮށްފައެވެ.

ފިލްމުގެ ލީޑު ރޯލު ކުޅެފައިވަނީ ކާމިޔާބު ދެ ފަންނާނުން ކަމަށްވާ އަރުޖުން ކަޕޫރާއި ޕަރްނިތީ ޗޯޕްރާއެވެ. އެ ދެތަރިން ވަނީ މީގެ ކުރިން ވެސް އެކުގައި މަސައްކަތް ކޮށްފައެވެ.

"ސަންދީޕް އޯރު ޕިންކީ ފެރާރު" ގެ ޑައިރެކްޓަރަކީ ދިބާކަރު ބެނަޖީއެވެ.

comment ކޮމެންޓް