"ދަ ވައިފް"ގެ ޓީޒާއެއް ދައްކާލައިފި

ސަޔާނީ އާއި ގުރުމީތު

ޒީ ސްޓޫޑިއޯ އިން ޕްރޮޑިއުސްކުރާ ބިރުވެރި ފިލްމު "ދަ ވައިފް" ގެ ޓީޒާއެއް އާންމުކޮށްފިއެވެ.

ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ އެ ޓީޒާ ޔޫޓިއުބުން ބަލައިލެވޭނެ އެވެ. ޓީޒާ ވަނީ މީގެ ދެ ދުވަސް ކުރިން ރިލީޒްކޮށްފައެވެ.

"ދަ ވައިފް" ގެ ލީޑު ރޯލުން ފެނިގެންދާނީ އަރަމުން އަންނަ ތަރި ގުރުމީތު ޗައުދަރީ އެވެ. އޭނާ އަކީ ޓީވީ ސިލްސިލާ ތަކުން މަޝްހޫރުކަން ލިބިގެން ދިޔަ ފަންނާނެއްކަން ފާހަގަކޮށްލެވެއެވެ.

މިހާރު ބޮލީވުޑްގެ ބައެއް ފިލްމު ވެސް ކުޅެމުން އަންނަ ގުރުމީތުގެ "ދަ ވައިފް" ޑައިރެކްޓްކުރަނީ ސަރުމަދު ހާން އެވެ. ގުރުމީތު އާއެކު ބަތަލާގެ ރޯލުން ފެންނާނީ ސަޔާނީ ދައްތާ އެވެ.

ފިލްމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ އެ ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ގުރުމީތުގެ އެކްޓިން ގިނަ ބަޔަކަށް ކަމުދާއިރު އޭނާގެ ކާމިޔާބު ބައެއް ފިލްމު ތަކުގެ ތެރޭގައި "ހާމޯޝިޔާ" އާއި 2018 ވަނަ އަހަރު ރިލީޒްކުރެވުނު ފިލްމު "ޕަލްޓާން" ހިމެނެއެވެ.

comment ކޮމެންޓް