ކޮރޯނާގެވައިރަހާ ހެދި ހުއްޓާލި "ރާދޭ" ގެ ޝޫޓިން އަލުން ފަށައިފި

"ރާދޭ"ގެ ޕޯސްޓަރެއް

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން މެދު ކަނޑައިލި ބޮލީވުޑް ފިލްމު "ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިން އަލުން ފަށައިގެން ކުރިޔަށްދާ ކަމަށް ހަބަރުތައް ބުނެފިއެވެ.

ނޫސްތަކުގައި ބުނާ ގޮތުން ސަލްމާން ހާން އަދި ދިޝާ ލީޑު ރޯލު ކުޅޭ އެ ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދަނީ ޑަބްލިޔުއެޗްއޯ ގެ މިންގަނޑުތަކާއި އެއްގޮތަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި "ރާދޭ" ޝޫޓިން ވަގުތީ ގޮތުން ހުއްޓާލި އިރު ދިޝާ އާއި ސަލްމާން އޮތީ އަޒަރުބައިޖާން ބަކޫ އަށް ޝޫޓިން އަށް ފުރުމަށް ނިންމާފައެވެ.

އެ ދެ ފަންނާނުން މިހާރު ފިލްމުގެ ޝޫޓިންގައި ހަރަކާތްތެރިވަމުން އަންނަނީ އެންމެ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ކަމަށް ހަބަރުތައް ބުނެއެވެ.

ސަލްމާން ހާން ފިލްމްސް އިން އުފައްދާ "ރާދޭ" ގެ ޑައިރެކްޓަރަކީ ޕްރަބޫ ދޭވާ އެވެ. ސަލްމާން އާއި ދިޝާ މީގެ ކުރިން "ބާރަތު" ގައި އެކުގައި ފެނިގެން ދިޔައިރު އެ ދެ ފަންނާނުންނާއި އެކު "ރާދޭ" ގައި ދެން ފެންނާނީ ރަންދީފް ހޫޖާ އާއި ޖެކީ ޝްރޯފް އަދި ގޯވިންދް ފަދަ ތަރިންނެވެ.

ފިލްމުގެ ޓީމުން އިއުލާނުކޮށްފައިވާ ގޮތުން ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމަޔަށް މި އަހަރުގެ އީދާ ދިމާކޮށް މެއި މަހުގެ ތެރޭގައެވެ.

comment ކޮމެންޓް