ހުޅުމާލެއަށް ބަނގުރާ ބާލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލެ އިން މީގެ ކުރިން އަތުލައިގެން ބަނގުރާ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހުޅުމާލެއަށް އެތެރެ ކުރަން އުޅުނު ބަނގުރާ ފުޅިތަކެއް ހޯދައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއަށް ބަނގުރާ އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ވެމްކޯ ޖެޓީ ސަރަހައްދުންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްގެ އިތުރުން 36 އަހަރުގެ ފިރިހެނެކެވެ. ހައްޔަރުކުރި ތިން މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު، އެމީހުންގެ އަތުން 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް