ޖެކަލީންއާއި އާސިމްގެ "މޭރޭ އަނގްނެމޭ"އަށް ބޮޑު ތަރުހީބެއް!

"މޭރޭ އަނގްނޭމޭ" ލަވައިގެ ޕޯސްޓަރެއް...

ކަލާޒް ޗެނެލުން ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13ގެ ރަނަރަޕް އާސިމް ރިއާޒްއާއި ސްރީލަންކާގެ ފިލްމީތަރި ޖެކަލީން ފާނަންޑޭޒް އެކްޓްކޮށްފައިވާ ވީޑިއޯ ލަވަ "މޭރޭ އަނގްނޭމޭ"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އެ ލަވަ ވަނީ މި މަހުގެ ނުވަވަނަ ދުވަހު ޔޫޓިއުބްގައި އާންމުކޮށްފައެވެ. ލަވަ ރިލީޒްކުރިތާ ހަފްތާ އެއް ނުވަނީސް 32.1 މިލިއަނަށް ވުރެއް ގިނަ ވިއުޒް އެ ލަވައަށް ލިބިފައިވެއެވެ.


"މޭ ތޭރާ ހީރޯ" އިންނާއި ބައެއް އިޝްތިހާރު ތަކުން ބެލުންތެރިންގެ މެދުގައި އަރަމުން އަންނަ އާސިމްގެ ތަރިއަށް އުންމީދުތަކެއް ގިނަ ބަޔަކު ކުރަމުން އަންނަ ޖެކަލީންގެ އިތުރު މަސައްކަތްތަކެއް ވެސް ކުރިޔަށް އެބަ ހުއްޓެވެ.

"މޭރޭ އަނގްނޭމޭ" އަކީ ބެލުންތެރިންގެ ބޮޑު މަގުުބޫލު ކަމެއް ހޯދާފައިވާ ނޭހާ ކައްކަރުއާއި ރާޖާ ހަސަންގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވައެކެވެ.

ރާދިކާ ރާއޯ އަދި ވިނޭ ޑައިރެކްޓްކޮށްފައިވާ އެ ލަވައަކީ އިންޑިއާގައި ފާހަގަކުރާ "ހޯލީ"އާ ގުޅޭ ލަވައެކެވެ.

comment ކޮމެންޓް